ޖޯޑެއްގެ ސާފު ލޯބި

ލޮނުމެދަކާ ދެ ފިޔަޔަކާ ކަރުނަޔާ 
ލޮނު ލުނބޮޔާ ދެމިރުހަކާ ފުރާނަޔާ 
ލޮނު ދިރި ކޮތަންބިރި ބައި ސަމުސަލެއްގެ އާދޭހާ 
ދޮންކަނބުލޮގެ އަތުން ލިބޭތޯ ދޮންކަނބުލޮގެ އަތުން ލޮބޭތޯ 
ޖޯޑެއްގެ ސާފު ލޯތްބާ ރަހަލާވަރަށް އެ ހިނިތުންވުން ×2 

ތެއްޔަކާ ދޭފަތާ ކޯތާފަތާ 
ރާނބާފަތާ ހިކނަދިފަތާ ތި ތުންފަތާ 
ރާހުތާ ހިތާ އުލްފަތާ 
ދެން ލާށެ މި މަސްތާނާ ކޮށާ 
ދޮންކަނބުލޮގެ އަތުން ލިބޭތޯ ދޮންކަނބުލޮގެ އަތުން ލޮބޭތޯ 
ޖޯޑެއްގެ ސާފު ލޯތްބާ ރަހަލާވަރަށް އެ ހިނިތުންވުން ×2 

ތާވަނާ ވަނުގެ މޮލާ ތި ދެލޮލާ 
ލާދަނާ ދައިގެ ފޮޔާ މަގޭ ކޮޔާ 
ހަނާކުރާ ތާހަށް މަށާ 
ޖަންބުކުލަ އަރާ ނޭފަތާ 