ހުންނަންތަވީ އުމުރަށް މިހެން

ހުންނަންތަވީ އުމުރަށް މިހެން ހިތުގާ އެދުންވާ ނުފުދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 

ފަހެ ދެން ނެތީހޭ މޮޅު ހަކީމެއް ބޭހަކުން ފަރުވާޔަކުން 
ފޮހެލާ ދެވޭފަދަ ޑަކްޓަރެއް ވާ ހިތުގެ ބައްޔަށް އުފެދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 

އޭ މާމެލާމެލިތަކު ތެރޭ ފަރިވާ ވަގުތުގާ ދެކިލުމަށް 
އޭ މާބުލާޝަމް ފަހެވަނީ ކޮންތާކުގާހޭ ހޯދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 

ކިތަކަށް އަހަރުތޯ ތިޔަމަލެއް ފަރިވީފަހުން މިއަދަށް މިވީ 
ހިތަކަށް އޮތް އިރު އެތަންމިތަނުން އެއަށް ހިތް ނޭދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ