ކަލާ ކަލާ


ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ 
ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ 

ހާލުބަލަން ނުހުރެ ތިހެން ޔާރު އެހީވާށޭ 
ތިޔަފާޑަށް ނުބަލާށޭ ހިތް ތަޅުވަން ނޫޅޭށޭ 

ތިޔަ އަސަރު އަސަރު ލޮލުން ބަލާ ގޮތަކުން ހިތުގައި މިރޭ ހިނގާ އިހުސާސުތަކުން ކެތް ނުވެޔޭ 
ތިޔަ ކުރަން އެދޭ ސުވާލު ކޮށްލާށޭ ހިތް މިއޮތީ ގެންދެބަލާށޭ ނޭނގޭހެ އެވަރު ލޯބިވެޔޭ 
ނުނިދޭނޭ އަންނާށޭ ތިޔަ ބީހިލުމަށް އެދި ހިތް މިރޮނީ 
ވިސްނާށޭ ޖަޒުބާތީ ތޫފާނެކޭ މިރޭ ހިތުގަ ވަނީ 
ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ 

ލަދުގަނޭ ވަރަށް ތިހެން ބަލާލީމާ އަވަހޭވަނީ ވިންދާލޭ ކަތިލައިފި މިހިތް ތޫނު ނަޒަރު 
ބީހެމުން މިރޭ މިދާ ހިމޭން ރޯޅިން ކެތް ވާނެބާއޭ މިހިތަށް އިހުސާސްވީމާ އޭގެ އަސަރު 
ތިޔަހެން އައިސް ކައިރި ވުމުން މެރެނީ ދެލޯ ވާ އިހުސާސުން 
ހާލު މަގޭ ނުފެނޭހޭ ހައިރާންވާހާ ފިންޏޭ ދަންވަރު 
ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ ދެން 
ހާލުބަލަން ނުހުރެ ތިހެން ޔާރު އެހީވާށޭ 
ތިޔަފާޑަށް ނުބަލާށޭ ހިތް ތަޅުވަން ނޫޅޭށޭ 

އަންނާށޭ އަންނާށޭ އަންނާށޭ