ފުރުސަތު ދޭނަން ހުންނާށޭ

ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 

ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 
ކެތް ނުވެވޭހާ ވަރުވަނީ ތިޔަ ރީތި ޒުވާންކަން ގެއްލެނީ 

މޮޔަކަމެކޭ ނިއުމަތަކާ ވުން އިންކާރު 
ދެން ކިޔާދޭށޭ މޭގަ ހިނގާހާ ހިޔާލް 
މޮޔަކަމެކޭ ނިއުމަތަކާ ވުން އިންކާރު 
ދެން ކިޔާދޭށޭ މޭގަ ހިނގާހާ ހިޔާލް 
އިވިދާނެޔޭ، އިއްވާށެވީ، އެނގިދާނެއޭ، އަންގާށެވީ 
ތިޔަ ނޭނގި ސަމާސާ ވިހަވަނީ، ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 

ހާދަ މަ އެދެމޭ ބޭޒާރެއް ނުމެވާން 
ހުރެވޭތޯ ލޯބީގާ ނުވެ ބަދުނާމް 
ހާދަ މަ އެދެމޭ ބޭޒާރެއް ނުމެވާން 
ހުރެވޭތޯ ލޯބީގާ ނުވެ ބަދުނާމް 
އާދޭ ހެމުން، މެންދަން ވުމުން، ލޯބިން އަލުން، އަންގާ ފަހުން
ކީއްވީހެ ތިހާ ކެތް މަދުވަނީ 
ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 

ދުރުދުރުގާ އަދު ތިބެވޭހޭ ތިޔަހާ 
ކެތްކޮށްލާށޭ މަގޭ ތިއޭ ހަމަ ހާލް 
ދުރުދުރުގާ އަދު ތިބެވޭހޭ ތިޔަހާ 
ކެތްކޮށްލާށޭ މަގޭ ތިއޭ ހަމަ ހާލް 
އާދޭ މިތުރު، ދުނިޔޭގެ ބިރު، އަތުގައި ހިފާ، މަޑުކޮށްބަލާ 
އިންސާނުންނޭ ކެތްތެރިވަނީ 