ފިނި ރޭގެ ފަތިހޭ

ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް
އޯ  ލޯބީގެ ހަދިޔާ އޮތީއޭ ފަހުން ލިބޭނޭ އަރާމް ނުވޭ މަހުރޫމް

ކިތައް ރޭ ވެލީމާ މެއަށް ފިނިވަނީ ކިޔާދޭނަމޭ ކީއްވެހޭ ދެރަވަނީ 
ކިތައް ރޭ ވެލީމާ މެއަށް ފިނިވަނީ ކިޔާދޭނަމޭ ކީއްވެހޭ ދެރަވަނީ 
ރޭގެ ގަޑިއޭ ދަނީ މޫނު އަލިކަން ވަނީ 
ވިންދު ހުރހާ ހިނދަކު ލޭ ހިލޭ ދޭނަމޭ 
ލިބޭނޭ އަރާމް ނުވޭ މަހުރޫމް
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް

އާ އާ އައައައާ 
އޭ މީ ނިހާއީ މި ހިތުގެ ޝުއޫރޭ 
ނޭނގޭތީ ލޯބީގާ ތީ ނަންވީމާ ދަނީ ބާއޭ 
ކީއްވެހޭ ލޯމަރާލީ އުފާވޭ ބުނޭ 
މީ ޖަވާބޭ ކަރުނަ ފޫދި ލޮލުގައި ވަނީ 
އަރާމާއި މީރު ވަނީ މަހުރޫމް 
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް

މިރޭ ދެން ދަމާހޭ ހަނދޭ އޮއްސެނީ 
ދިޔައިމާ ނިދޭނޭހެ ފޫއްސޭ ވަނީ 
މިރޭ ދެން ދަމާހޭ ހަނދޭ އޮއްސެނީ 
ދިޔައިމާ ނިދޭނޭހެ ފޫއްސޭ ވަނީ 
އަލިވިލތީ ބިރުން މޭއެ ރޫރޫލަނީ 
ހިތް އެދޭކަން އެނގޭތީ ދެން މިރޭ ދާންވަނީ 
ލިބޭނޭ އަރާމު ނުވޭ މަހުރޫމް 
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް
ލިބޭނޭ އަރާމު ނުވޭ މަހުރޫމް