ފަރި ތަންތަނަކީ މިވާ

އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

ޅަ ޒުވާނުން ވާގިލާ ކުރަމާހޭ ހިޔާލާ ×2
ފިކުރާ ގަދަ ބާރުލައި އަޒުމާ އެކު ދުރު ބަލާ  ×2
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×2
އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

ބިމުގައިވާ ރުއްގަހާ، ކަނޑުގައިވާ މަސްމަހާ ×2
ތަނުގައިވާ ގޮތް ބަހާ ދިރުވާށޭ ބާރުލައި ×2 
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×2
އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

އަމުރަށް ތިބެ ބޯލަނބައި ކުރިމަތިލައި ވާޖިބާ ×2 
ލިބުމަށް އެދި ހަމަޖެހުން ފިތުނައިން ތިބެ ދުރުވެލާ ×2 
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×2
އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×6