މަހަލްދީބް

މާކަނޑުގެ މެދުތެރޭ ވާ ހަމަހިމޭންކަމޭ 
މާރިވެތި ރާއްޖެ މީ އޯހޯހޯ 
މާ ސާފު ފަޅުތަކާ ދޮންވެލި މި ތުނޑިތަކާ 
ވާ ދިވެހިރާއްޖެމީ އޯހޯހޯ 
ވާ ދިވެހި ރުއްތަކާ ކުރެދީގެ ހޭޅިއާ 
ވާ ރިވެރި މަސްތަކާ މުރަކައިގެ ދަނޑުތަކާ 
ވާހާ އުފާ މިތާ ނުނިމޭ ދުލުން ކިޔާ ދެވަނައެއް މިފަދަ ނުވާ 
މަހަލްދީބޭ މީ 

ވާހާ އުފާ މިތާ ނުނިމޭ ދުލުން ކިޔާ ދެވަނައެއް މިފަދަ ނުވާ 
މަހަލްދީބޭ މީ 
މާކަނޑުގެ މެދުތެރޭ ވާ ހަމަހިމޭންކަމޭ 
މާރިވެތި ރާއްޖެ މީ އޯހޯހޯ 
މާ ސާފު ފަޅުތަކާ ދޮންވެލި މި ތުނޑިތަކާ 
ވާ ދިވެހިރާއްޖެމީ އޯހޯހޯ 

ވީތީ އުފަން މިތާ ކުރަމޭ އުފާ ހިތާ 
ވާތީ އަމާންކަމާ ލޮބުވެތި އަހުން މިތާ 
ކުރަމޭ ދުއާ އަޅާ އަބަދަށް ވުމަށް މިތާ އުފުލާ އަޑުން ކިޔާ 
މަހަލްދީބޭ މީ 

ކުރަމޭ ދުއާ އަޅާ އަބަދަށް ވުމަށް މިތާ އުފުލާ އަޑުން ކިޔާ 
މަހަލްދީބޭ މީ 
މާކަނޑުގެ މެދުތެރޭ ވާ ހަމަހިމޭންކަމޭ 
މާރިވެތި ރާއްޖެ މީ އޯހޯހޯ 
މާ ސާފު ފަޅުތަކާ ދޮންވެލި މި ތުނޑިތަކާ 
ވާ ދިވެހިރާއްޖެމީ އޯހޯހޯ