ވައި ވެގެން

ވައިވެގެން އޮތީމޭ އެނދުމަތީ ކުރާނެ ކަމެއް ނޭނގިފާ 
ދާނޭ ކޮފީއެއް ނުލިބިފާ ގުޅާނޭ ބިޓެއްވެސް ނެތިފާ 
ގޭ ދޮރުމައްޗަށް ނުކުތަސް ތިބެނީ ހުސް ލައްލައްލައްލައް ލަލައްލާ 
މަސަލާމޭ މިކަމަށް 
ސައިކަލަށް އަރައިގެން ދާން އުޅުނީ ވާ ހިތްހަމަ ޖެއްސޭތޯ 
ބެލިއިރު ކަމުދާކަށް ނެތް ޕެޓްރޯލް ހުރީ ވަގަށް ގެންގޮއްސާ 
ހައްތަހާވެސް ވައިވާހާ ވަނީ ދެން ކިހިނެއްބާ މަހަދާނީ 
ރުޅިގަދަ ރުޅިގަދަ ނުވެވޭތޯ އަނެއްކާ ހަތަރެއްގާ ފައިޓްޖެއްސީ 

އެންމެ ފަހުން ގޮސް ހިތްހަމަ ޖެހުނީ 
ރުޅިގަނޑުވެސް މައިތިރި ދެން އެވީ 
ހެވި ދިލިފައި އެންމެން ތިއްބާ މުޅި ހިސާބުން ކަރަންޓް އެދިޔައީ 

ފަރި ހާމަވާ އުފާ ބެރުޖެހުން ބުން އަޑު އިވުން 
ހިތް ފުރޭ މިވާގޮތުން 
ފަރި ހާމަވާ އުފާ ލަވަކިޔުން އަޑުގަދަކުރުން 
ވިންދު އާވެ ލޭ ކެކުން 

މަޑުކުރެވޭ ވަގުތު ކުޑަތަން ވެވޭތޯ ބަލަމުންނޭ 
އަތް ޖެހުނޭ ގައިމު މުނިމުނި ކަވާތީ  ހެވި ދިލިފާ 

ނަށާލާ ހިތްހަމަޖައްސާލާފާ ނަށާލާ 
ނަށާލާ ފޫކޮޅު ތަޅުވާލާފާ ނަށާލާ 
ނަށާލާ ހިތްހަމަޖައްސާލާފާ ނަށާލާ 
ނަށާލާ ފޫކޮޅު ތަޅުވާލާފާ ނަށާލާ 
ނަށާލާ ހިތްހަމަޖައްސާލާފާ ނަށާލާ 
ނަށާލާ ފޫކޮޅު ތަޅުވާލާފާ ނަށާލާ 

ފަތިގަނޑު ހަމަޔަށް ހޫރިހޫރިފާ އަތްތިލަބަޑި ޖަހާ ×8 
ނަށާލާ