ލޯބީގެ ތިޔަ ހަޒާނާ

ލޯބީގެ ތިޔަ ހަޒާނާ ×2
އިޝްގީގެ ފަރި މަލާއޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ 
ލޯބީގެ ތިޔަ ހަޒާނާ 

އާޝޯހު ފަހެ ނުވޭހޭ ×2
މޫނާ ދެލޯ ދެކޭށޭ 
މެހެމާނުނަށް އުފާދޭ ×2 
ޝެހެނާ އަކީ ތިބާ އޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 

އިޝްގީގެ މާތް ޝަރާބަތު ×2 
އެދެނީ މި ދެއްވެވުން އަދު 
ދެއްވައިފި ނަމަ ގިޔާމަތު ×2 
ދެއްވީ އެ މާތް ނަސީބޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 

ނޫރޭ ލޮލުގެ ބަޔާނޭ ×2
ރޫހެއް ދެވަނަ ނުވާނޭ 
ސޫރަވެ ލޮލުގެ ދެކޮއި ވެސް ×2
ހޫރެއްހެ ތީ ކަލާއޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 

އުލްފަތު ހިތަށް ލިބޭނޭ ×2 
ޒުލްފުން މަލެއް ފޮޅޭނޭ 
ބުލްބުލް ހަޒާރު ދާސްތޭ ×2 
ފުލްހޫހުތީ ބަހާރޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 
އިޝްގީގެ ފަރި މަލާއޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ 
ލޯބީގެ ތިޔަ ހަޒާނާ