ލޯބި އޮޔާލާ

ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ހީނުކުރާށޭ މާފުކުރާނޭ ޖާދޫގާ ޖެހިފާ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ފެންނަހާ ހިތި ސަޒާ ކޮންމެ މަންޒަރެއް ލޯމަތީ 
ދަންނަމޭ މީމަގޭ ބަދުނަސީބުކަން ހާލަކީ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ދަންނަމޭ ކުލައަރާ ހުވަފެނީ ބިލާހޭ މިއީ 
އަންގަމޭ މީ އިނގޭ ފަހުގެ އިލްްތިމާސޭ މިއީ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ކާކުހޭ ލޯބިވީ ބޭވަފާވެދާ ހާލުގާ 
މާ ކުރިން ކަން އޮތީ ދުނިޔެވީ މިގާނޫނުގާ 