ފަރިވެފަ ފޮނިވެފަ

ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 

ލޯ މިހިރަ ދެކޭ މަންޒަރު މަންޒަރު ފެނުނީމަ ހިތަށް ކެތް ވާނޭހޭ 
މާ ދުރުގަ ހުރީމާ ވީ ގޮތް ހޭ އަންނާތި އެކީ ފިކުރާވޭހޭ 
އަންނާތި އެކީ ފިކުރާވޭހޭ ... ހޯއޯއޯއޯއޯ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 

ނުގަބޫލު ވަނީހޭ ފެންނާތީ ވާލޯބި ދުލުން ބުނެ އިއްވޭތީ 
ފަންފަން ތި ބޮލާ ވައި ކުޅެލާތީ ދެރަވެއްޖެ ދެލޯ ފަރުދާވީތީ 
ދެރަވެއްޖެ ދެލޯ ފަރުދާވީތީ ... ހޯއޯއޯއޯއޯ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 

ރުންކުރުވެ ނުދޭ ދަޅަ ދައްކާފައި ލޯބީގެ ކަނޑަށް ގަންބާލާފައި 
އިންޒާރުތަކުން ހިތް ދަތިކޮށްފައި ދާތީ ދެރަވޭ އަނިޔާ ދީފައި 
ދާތީ ދެރަވޭ އަނިޔާ ދީފައި ... ހޯއޯއޯއޯއޯ 