ފެދުނުއު އެ ކޯޅި އެމާ އެދުމުގަ ބިނދެވޭނެބާ

ފެދުނުއު އެ ކޯޅި އެމާ އެދުމުގަ ބިނދެވޭނެބާ
މެދު އެއާ އެދިހުރި މާ ތެދުވެރި ބިނދެވޭނެބާ

ވަސްދުވާ މަގުމަގުގައި ކަސްގޮމަތޫރީގެ މިވާ
ގަސްދުކޮށްގެން ހުރިމާ ލަސްނުވެ ބިނދެވޭނެބާ

ރޯޅީ ފިނި ޗާއެ ބަގީ މޯޅި ނުވެ ގަހުން ފަރިވީ
ގޯޅި ތެރެއިން ފުޅުމާ ކޯޅި އެ ބިނދެވޭނެބާ

ފެންފިނިވަހާ އެކުގައި ސެންޓް ލިވޯނާހުގެ ވަސް
އެންމެ ބޭނުންފުޅުމާ ދެން މަށަށް ބިނދެވޭނެބާ

ކަރުގަނޑުގެ ރަހަމަލުގައި ސަރުބަތު ވެދެޔޭ ނުތަފާ
ޒަރުޖުޖުބަ ކުލަހުރި މާ ޖަރުމަނު ބިނދެވޭނެބާ