ޗާބޫކުން ތެޅީމާ

ސަންޕާފުޅު ފިރިމަނިކު އަބަދުވާ ގަންނާ ކުރައްވާ ލަދުން ހާސްވެފާ
ކަންވާ ހުރީ ކޭތައަށް ފައިނަގާ އަންބާ ނުހިއްޕޭތި ލޮނު މަޑުވެލާ
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

ގޭގައި އުޅޭހާ ބުރެއް ލާ އަޅާ ބޭރުން އައޭ ދެކަނބަލުން ފަހަތުލައި
މޭގައި މުހައްމަދު މަނިކު އަތްއަޅާ ބޭރަށް އުދުއްސާލި ދުން ގުޑުގުޑާ
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

ކާކަށްތަ އެނގޭނީ ކުރަން ހިތުލަފާ ހާލަށް އެނގޭ ހިތުތެރޭ ގިނި އަނދާ 
ދާނޭތަނެއް ނެތްކަމުން ސާހިބާ ބާރަށް ދެކުކުޅަށް ކަމަށް ބުނެލިހާ
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

އަވަހަށް އެ ޗާބޫކު ނެރެގެން ދަމާ ގަދައަށް ތަޅާލީމާ ހަންމަތަވެދާ 
އަހަރެން ހަދާހެން މަގޭ ސާހިބާ އެހެނެއް ނުވާނޭ ހަދާނަމަ ހިލާ 
ދެނަކާދެނެއް ނެތް މަނިކު ޖޯރުލާ ހަޔަކާ ހަތަރަކަށް ބުރުއްސާ ތަޅާ 
އަޑު ލައްވަމުން ކުސްތަޅާ ރޮއި ހަދާ މަޑުވެއްޖެ ގޮމަ ޒީލާގަނޑު ބަސްއަހާ 
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

ސަންޕާފުޅު ފިރިމަނިކު މިއަދުވާ ގަންނާ ކުރައްވާ ލަދަށް ވަޅި ހަރާ
ކަންވާ ހުރީ ކޭތަ ނިމިގޮސް ފިލާ އަންބާގެ ފޯރީގަ ލޮނު ހެޔޮވެލާ 