ދުނިޔެ ފަރިވާ އުފާދޭ ޚަޒާނާ މިލްކު ވާނޭ ހަވީރީ ހިޔާ

ދުނިޔެ ފަރިވާ އުފާދޭ ޚަޒާނާ މިލްކު ވާނޭ ހަވީރީ ހިޔާ
ލޯބީ ޖާދޫ ހިތަށް އަބަދު ފޮނުވާ ސަބަބު ހޯދަން ދަމާހޭ ނަޔާ

ހިތުގައި ބަރޯސާ ތާއަބަދު އެއްވަރު ދީފާވަނީ މީ އަހާށޭ
ހޯދާށެ ޔާރޭ ހީލާ މި ވައުދޭ އޭގައި ވަނީ މުޅި ހަޔާތޭ
މޯޅިވުން ނެތް ބަހާރޭ އޮތީ ދެން މޫސުމުން މީ ވެލާނޭ ގަޔާ
ލޯބީ ޖާދޫ ހިތަށް އަބަދު ފޮނުވާ ސަބަބު ހޯދަން ދަމާހޭ ނަޔާ

ފިކުރާކުރާނޭ ލޯބީގެ މަންޒަރު އުލްފަތުގެ ނަމުގައި ޚަޒާނާ
ފަށަމާހެ ޗާލޫ ރޮނގަކުން ހަޔާތެއް އުއްމީދު ގުޅުވާ ޒަމާނާ
އަޒުމު ނުގުޑާނެ ކަނޑައެޅި ނިމޭނީ މީ ދެހިތުގައި އެދޭ ސޫރަޔާ
ލޯބީ ޖާދޫ ހިތަށް އަބަދު ފޮނުވާ ސަބަބު ހޯދަން ދަމާހޭ ނަޔާ