ކަޅުސޮރު

ކަޅުފޮއި ރޭރޭ ތުނޑީމަތި ފެނިފާ ހަނދުވަރު ދެކިލާ ހިތްވެފާ
މަގުކޮޅު ހޯދާ ދެކޮޅަށް ބަލަމުން ހަރުކޮށް ހެލިފައި އޮވެދަނީ

ދަނޑުމަތި ގޮމަޔާ ހަމަހަމަ ކުރުމަށް ކަޅުސޮރު އޮވެގެން ފަރިވަނީ
އުޑުމަތި ނުބަލާ ނަމަ ނަމަ ތަކުރާ ދަނޑު ދަމުހިނގުމަށް ނުދަމާ ބަހީ

އިރުއޮއްސޭ ދަޅައަށް ބަލަމުންތާ ދިގުމަގު މެދުގައި ދަތިވެފާ
ހިތުތެރެ ރާވާ ދެއަތަށް ކިރެމުން ނިތުގަ ހިފާ ފުރަގަސް ބެލީ

މިގޮތަށް ހުއްޓާ އެއްކަލަ ގޮލަޔަށް ފިޔޮކެއް ބުނި އަޑު އިވިލަނީ
ބަލަ ދޮންތަކުރާ ކަމަކުނުދާނޭ ހަމަ ތިގޮތަށް ހުއްޓަސް މިރޭ

ދަނޑުމަތި ގޮމަޔާ ހަމަހަމަ ކުރުމަށް ...

ހޭބޯނާރާ ކަމަކުތެރަށް ބޯ ވޭތޯބެލިޔަސް ހަމަ ހިލާ
ވިދުވަރު ފެނިފައި ދަޅަޔަށް ހެއްލޭ ހިނދުކޮޅު ދިއުމުން ފޫހިވޭ

ދަނޑުމަތި ގޮމަޔާ ހަމަހަމަ ކުރުމަށް ...

Technorati Tags: ,