ލޫޅާފަތި މޫނެކޭ

ލޫޅާފަތި މޫނޭތީ މަހުރޫމު ވެދާވަރުވޭ
އޯގާވީ ގުރުބާނީ މަހުރޫމުވެ ނެތި ދިޔަތޯ

ފަރިނާޒުކު ތުންފަތުގާ ނޭދޭނުހެ އަދު ބީހުން
ހޯހޯ ނޫނޭ ނޫނޭ ނޭދޭށެ އުފާ ތިޔަހެން
ފެނިފައި ހިތުލީމެ ކަލާ މިކަމާމެދު ނުރުހޭނަންތޯ
އާޝޯހުވެ ދާވަރުވޭ މަހުރޫމުވެ ނެތިދިއުމޭ

ކުރިމަތިވި ހަޔާތޭ މީ މީ ނޭނގި ހިނގާ ގުޅުމޭ
ހެކިވާނޭ މީ ތެދެކޭ މޭގައިވާ ފުން ގުޅުމޭ
ފުން ހިތުގެ ގުޅާލުމަކީ ވަގުތީ ފޮނި ރާހަތުތޯ
ދެއްވާ ގަދަރުން ތިޔަ މާތް މަހުރޫމުވެ ނެތި ދިޔަތޯ

ލޫޅާފަތި މޫނޭތީ މަހުރޫމު ވެދާވަރުވޭ
އޯގާވީ ގުރުބާނީ މަހުރޫމުވެ ނެތި ދިޔަތޯ