އިންސާނާ


ފެނި ނަސަބު އެނގި ބޮޑާ ކަމުގައި 
ވެރިވެ އަނިޔާ ރަހުމު ކުޑަކޮށަ
ފެތި ގަރަގު ކޮށްފަ އޯގާ ހިތް
ނެތި ހިނގައިދާނެ އިންސާނާ، އިންސާނާ 

ލޭފަވެތިކަން ނެތީތާ 
ހޭތަ މިތުރާ ތިބާގައި 
ހޭދަ ކޮށްފާހެ އަނިޔާގައި 
ވޭތުކުރަނީ ފަނާވާންހޭ 
އިންސާނާ، އިންސާނާ، އިންސާނާ 

އަހުރަވެތިކަން އޮބާލީހޭ 
ތައައްސުބު ހިތުގައި ކިބުރު ވީތީ 
އަބަދު މުސްރިފު ބަޚީލުންހެން 
ބަލަގަ ތިޔަހެން ނުވާނޭ ދާން 
އިންސާނާ، އިންސާނާ 

މަރާ ހުރި ދޯޅު ހަނދާން ނެތުނީހޭ
ކަރާމާތް ގެއްލި އޮޔާލީހޭ 
އަޒާބާ އަދަބާ ވީ ދިނުމަށް ހޭ 
ބަލާގާތްތެރިކަން ނުގެއްލޭށޭ 
އިންސާނާ، އިންސާނާ، އިންސާނާ