ލޯބިން

އެދެނީ ލިބުމޭ ކަލާ އުމުރަށް އުފާ ހޯދަދޭނަމޭ 
ދެކެނީ ފޮނި ހުވަފެންތަކޭ އުމުރަށް ލޯބިން އުޅެދޭނަމޭ 

ލޯބިން ޔާރު އޯގާވީމާ ދޯދިން ހަނދުވަރު އަލިވޭމެޔޭ 
ރޯޅިން މޭ ސިހުންވީމާ މޯޅިން ހިތް ހޭލައްވައިފިޔޭ 

ދެކިލަން އެދޭވަރޭ މަގޭ ހިތް 
ހޯދަން އެދޭވަރޭ މަގޭ ދެލޯ 
ބީހެން އެދޭވަރޭ މަގޭ ދެއަތް 
އުރާލަން އެދެނީ މި ޖިސްމޭ ލޯބިވާ ×2 

އެދެމޭ ބޯއަޅައިން އޮންނަން އުނގުގާ
އޮވެގެން އުމުރަށް ނިދާލަން ގާތުގާ 
އުޅެލަން އުފަލުގައި އެދެނީ މިހިތޭ 
ދެހިތެއް މިކަމުން މިންޖުވާނެޔޭ ޔަގީނޭ 
ކަލާޔަށް މަގޭ ހިތް ލޯބިން ފުރިގެންދޭ 

އޯގާވާން އެދެމޭ ލޯބިދޭން އެދެމޭ 
ފަރުވާ ދޭން އެދެމޭ ހިތުގާވާން އެދެމޭ 

އެދިގެން މިހިތް ރޮނީ ހުންނަން ކަލާ ގާތުގައި ލޯބިން، އެހާވެސް ލޯބިވޭ 
އަދި ދެން ބޭނުންވޭ ލޯބިން އުޅެލަންވެސް ލޯބިން ބޭނުމޭ 
ލޯބި ލޯބިން 
ލޯބިން 
ލޯބިން އުޅެލަން 
ލޯބިން ބޭނުމޭ 

ކަލާޔަށް މަގޭ ހިތް ލޯބިން ފުރިގެން ދޭ 
ލޯބިން ޔާރު އޯގާވީމާ ދޯދިން ހަނދުވަރު އަލިވޭމެޔޭ 
ރޯޅިން އުރާލަން އެދެމޭ ޖިސްމޭ ލޯބިވާ 

އެދިގެން މިހިތް ރޮނީ  އެދިގެން މިހިތް ރޮނީ  
އެދިގެން މިހިތް ރޮނީ  ހުންނަން ކަލާ ގާތުގާ