ހާދަ ދޭހިތް ވެޔޭ ލޯބިން

ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން
ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން

ނިކަން ބެލީމޭ ތާކު ވޭތޯ، އަގެއްދީ ގަންނަން ތަރިތައް ވޭތޯ 
ނިކަން ބެލީމޭ ތާކު ވޭތޯ، އަގެއްދީ ގަންނަން ތަރިތައް ވޭތޯ 
ބެލީމޭ ހޯދާ ގެނެސްދެވޭތޯ ތަރިން ދެން ތިޔަ އުނގު ޒީނަތް ވޭތޯ 
މިހާ ހިތް އެދޭ އިރު މަށަށް ތަރި ލިބޭހޭ 
ތަރި ގެނެސް ނުދެވުނަސް ހަމަ ދެން ×2
ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން ×2

ލިބޭނެބާއޭ، ލިބޭނެބާއޭ، އެދޭހާ އެއްޗެއް މިތާ މިހެން އަދު . ހޯހޯހޯހޯހޯ 
ކިހާ ބޭނުންހޭ ގެނެސްދޭން ހަނދުވެސް 
ކިހާ ދޭހިތްވޭ ކާއިނާތާ، މިހެން ހުރެ މި ޖަޒުބާތުގާ ބެހޭއިރު 
ނެތޭ ދޭނެ އެއްޗެއް މިހިތް ނޫން އެހެން ދެން ×2 
ތަރި ގެނެސް ނުދެވުނަސް ހަމަ ދެން ×2 
ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން ×2