ސަމާސާ ސަމާސާ

ހައޭ .... 
ސަމާސާ ސަމާސާތަކުން ހިތް އޮޔާލުން ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
ހިނގާލާ ހިނގާލުންތަކާ އޭގެ ޖާދޫ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 

އާއާއާ

އޯ މެރޭގޮތްވެ ނިދިފާ ވެޔޭ ދެލޯ މޭގެ ހިނގުމާ ހިތާ 
ހިމޭންކަމުގެ ފަރުދާ ތެރޭ ހުރީމާ ހިމޭނުން މިތާ ހުރީމާ ހިމޭނުން މިތާ 
ޒުވާން ލޭގެ ޒާތޭ ހިތުގެ މުއުޖިޒާތޭ އަލަތު ލޯބި ވީމާ ދެވޭ ރާސްތާ އޭ 
ސަމާސާ ސަމާސާތަކުން ހިތް އޮޔާލުން ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 

ހޯ މިހިތް ނޭނގި ދެވިފައި ވުމުން ހިތާ މޭގެ ވިންދާ އެކީ 
މިހިތުގައި އަބަދު ފިރުމާދެމުން އެދޭ ތީއެ އިންސާނަކީ، އެދޭ ތީއެ އިންސާނަކީ 
އަމޭ ކިޔާ ނަގާ ދެވުނު ލޮބުވެތި އަމާނާތް ގިތާ ލޯބި އިތުބާރު އެދެނީ ކުރާށޭ 
ހިނގާލާ ހިނގާލުންތަކާ އޭގެ ޖާދޫ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 

އޯ ނޭވާގެ ހޫނާ ލެއާ ޔާރާގެ އިހުސާސު ވީ 
މިހާ ކައިރި ވީމާ މެޔާ ހިނގަމުން ހިތުގެ ދާދާ، ހިނގަމުން ހިތުގެ ދާދާ 
ކިހާ ލޯބި ވީމާހެ ފިރުމަން މި ހިތުގައި ދިނީ ބާރު އަނިޔާ ނުދީ ގެންގުޅޭށޭ 
ސަމާސާ ސަމާސާތަކުން ހިތް އޮޔާލުން ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
ހިނގާލާ ހިނގާލުންތަކާ އޭގެ ޖާދޫ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 
ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
އޯ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 
ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
އޯ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ