މަގޭ ލޯބި ދަރިފުޅާ

މަގޭ ލޯބި ދަރިފުޅާ ނުމެ ރޯށޭ ކެތް ކުރޭ 
ހަރު ހިތެއް، ހިލަ ހިތެއް، ކަރުނައިން މަޑުވާނެހޭ  ×2 

ރޯ ރުއިމުން ވާ ދެރަޔަކުން، މޭ ވިރިގެން ދާ ދިޔުމަކުން 
ވާނެ ކަމެއް ގައިމޭ ނެތޭ، ކާކަށްހޭ އެނގެނީ މިކަން؟ 
މަގޭ ލޯބި ދަރިފުޅާ ނުމެ ރޯށޭ ކެތް ކުރޭ 
ހަރު ހިތެއް، ހިލަ ހިތެއް، ކަރުނައިން މަޑުވާނެހޭ  ×2 

ރުއިމުގެ އަޑު ވޭނުން މިރޯ ނެތެ އިއްވޭނެ ގޮތެއް މިހެން 
ދުނިޔޭގައި ވާހާ އެހީ ވީ މަހުރޫމޭ އަދު މުޅިން 

ވޭނުގެ ތިޔަ ދިޔައީ ޒަމާން އާ ދުވަހެއް އަތުވެއްޖެޔޭ 
ކުށްވެރިވީ ކުށްވެރިޔަކަށް އޭގެ ސަޒާ ލިބިދޭ މިހެން 

ހަރު ހިތާ، ހިލަ ހިތާ  ކަރުނައިން މަޑުވާނެޔޭ  ×2