އޭ ހާދަ އެދެން ތިޔަ މޫނު ދެކެން

އޭ ހާދަ އެދެން ތިޔަ މޫނު ދެކެން ފަހެ ހިއްލާލަދީ ނިގާބް 
އާލަމް ޖަރީވެދާހާ ވިދާލައެ ނޫރާ ޝަބާބް 
އޭ ހާދަ އެދެން 

ބުލްބުލްގެ މަސްތު ނަގުމާ ހޭ ރާނީގެ ހިމަ އަޑުން ×2
އިއްވާލި ރީތި ރާގުންނޭ ހައިރާންވެ ވީ އަޖައިބު
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން ފަހެ ހިއްލާލަދީ ނިގާބް 
އާލަމް ޖަރީވެދާހާ ވިދާލައެ ނޫރާ ޝަބާބް 
އޭ ހާދަ އެދެން 

ޖަންނަތުގެ ހޫރެކޭ ތިއީ، ނޫނީ ޕަރީއެކޭ ×2 
ފެނިފާ ތިބާ ހަނދޭ ލަދުން މޫނޭ ކުރީ ހިޖާބު 
އޭ ހާދަ އެދެން 

ފިނިފެން މަލުންހެ ތާޒާވީ ފަހެ ހެއްދެވީ ކަލާ ×2 
ވަސްމީރު ކޮށްފިއޭ ފަޒާ ދީފާނުހޭ ޖަވާބު 
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން ފަހެ ހިއްލާލަދީ ނިގާބް 
އާލަމް ޖަރީވެދާހާ ވިދާލައެ ނޫރާ ޝަބާބް 
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން