އަބަދުމެ ފަހަތުން

އަބަދުމެ ފަހަތުން އަންނާތީއޭ ހަމަނޭވެސް ލާން ދަތީ 
ހުރޭ މިތާ، ހުރެބަލާ މިތާ، އަންނާށެ ފަހުން އުނދަގޫ މިވަނީ، ދެން ދޭ 
އަބަދުމެ ފަހަތުން އަންނާތީއޭ ހަމަނޭވެސް ލާން ދަތީ 
ހުރޭ މިތާ، ހުރެބަލާ މިތާ، އަންނާށެ ފަހުން އުނދަގޫ މިވަނީ 
ބަލަ ނާދޭ، ހޫމް (ލޯބި ވާތީ)  އާ ނާދޭ (ލޯބިން ގޮވާތީ)

ދެވޭނެތޯ ފަހުން މިރޭ މިތަން ދޫކުރާށޭ 
(މިހާވަރުން ދެންމެތާ ދިމާވީ ނުދާށޭ) 
މަގޭ ހިތާ ކުޅޭ ވަރުން ޝޯހު ވެސް ވެދާނޭ 
(ދިމާވެފާ މިހެން މިރޭ އަތުން ދޫވެދާނޭ) 
ނާދޭ ބަލަބަލަ (ލޯބިވާތީ) ބުނީމާ އާދޭ (އާ ލޯބިން ގޮވާތީ) 

ހޯ އޯއޯ އަބަދުމެ ތިގޮތަށް އަނިޔާ ދީދީ ފުރިހަމަ ލޯތްބެއް ވާށެ ނެތީ 
(ހުރޭ މިތާ، ހުރެ ބަލާ މިތާ، އަންނާށެ ފަހުން މިތުރާ މިދަނީ) 
(ބަލަ އާދޭ) ފޫހި ވާތީ (ހަމަ ލޯބި ވާތީ) ބުނީމާ އާދޭ 

ދިމާވުމުން މިހެން މިރޭ ފަހަތުންނެ ނާދޭ 
(ޒުވާން ހިތޭ މިމޭގަ ވީ ކިޔަމަން ނުވާނޭ) 
މަލާމަތޭ ލިބެން ފެށީ ބަލައިގެން އުޅޭށޭ 
(ސަލާމަތެއް ލިބެން އޮތީ ގުޅިގެން ހިނގާށޭ) 
(އާދޭ ބަލަ) ފޫހީ ވާތީ (އާނ ހަމަ އާދޭ) ފޫހިވާނެ ނާދޭ 

ހޯ އޯއޯ ފޫހި ވެދާނޭ ތިގޮތަށް ނޫޅޭ ގޯނާ ކުރުމަށް ހާދަ އުޅޭ 
(ހުރޭ މިތާ، ހުރެ ބަލާ މިތާ، އަންނާށެ ފަހުން މިތުރާ މިދަނީ) 
ބަލަ އާދޭ ލޯބި ވާތީ (އާނ) އާދޭ ލޯބި ހޯދާ