އަހާށޭ ޒުވާނާ

އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 
ވަރަށް ރީތި ރެއެކޭ ހިނގާލަމާ ހިނގާ 
ވަރަށް ރީތި ރެއެކޭ ނިދާލަމާ ހިނގާ 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

ހޫނޫން ޔާރާގެ ހަށީގާވާ މޭގާ އުތުރޭ ފިނިކަން ފިލުވާލަން ހޭ ×2
އޭރުން ހިތަށް ތިކުރުވާނެ އަރާމު ނިކަން ލޯބިން ބަޔާން ކޮށްދެންހޭ 
ތިހެން ނޫޅެ މިތުރާ ނިދަން ހިނގާ މިރޭ ×2 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

މިތުރާއޭ ދަންވަރޭ ހިމޭންވޭ ސިޔާސަވެގެން ނޫޅޭށޭ ކެތްތެރި ވާށޭ ×2 
ކިޔާދޭނަމޭ މިހިތު ތެރޭވާ ހިޔާލު ނިކަން ލޯބިން އަޑު ދެން އަހާށޭ 
ތިހެން ނޫޅެ ގާތަށް ޖެހޭށެ ދެން މިރޭ ×2 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

ނާދޭ މިރޭ މަ ހިލާ ނިންޖެއް ލޯބީގަ ވެދާ ގޮތެކޭ މި ހިތް ހެޔޮކުރާތީ ×2 
ކެތް ވާނީ ކިހިނަކުން ޒުވާނާ ނަގާ މިރާޅު މޭގާ ދެން އޮބިގެން ނުދާތީ 
ތިއީ ހާދަ މަސްތީ މިޒާޖެކޭ މިރޭ ×2 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 
ވަރަށް ރީތި ރެއެކޭ ހިނގާލަމާ ހިނގާ 
ވަރަށް ރީތި ރެއެކޭ ނިދާލަމާ ހިނގާ 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2