އާ ކުއްޖެކޭ ދަސްވީފަހުން

އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 
ބިރަކާ ނުލާ އޭނާ އެނގޭ ރެއާ ދުވާލު ހޯދެނީ 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 

ލޯމަތިން ދެން ފެނިލުމުން ވީ ގޮތެއް ވެސް ނޭގުނޭ 
ހީވީ އަރައިގެން އައި ހަނދެއް ހެން ސާފު 
އިސްތަށިގަނޑަކާ އަލިއަލި މޫނުން ރޭގަނޑޭ އަލިވަނީ 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 

އޭ ނަސީބާއޭ މަގޭ ޝާއިރެއް ނަމައީ އިނގޭ 
އަމުނާ ގަޒަލް ލޯބިން ހަދާލައިގެން 
ގައިމޭ ދެން ކިޔޭނޭ ހިތުގެ އަޑީގައި ވާމި ހަޔާލް އާވަނީ 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 

ދާދި ކުޑަކުޑަ ތަންވަޅެއް ދާދި ކުޑަ ހިނގި ކަންފުޅެއް 
ދެފަރާތް މުޅިން ވެއްޖޭ ފިދާ ލޯބިން 
މާމަލާ ވަސް އެކުވިހެން ހަނދުގައި ހަނދުވަރު ހުންނަހެން ވާވަގުތު ދެން ހޯދެނި 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 
ބިރަކާ ނުލާ އޭނާ އެނގޭ ރެއާ ދުވާލު ހޯދެނީ