ފެން ވިލާ ވޭ މިރޭ

ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ ×2 
ނުތިބެ ވީ ދާށެ ގައިމޭ ތެމޭނޭ މިރޭ 
ހޭޅިއެއް ގާތުގައި ވޭ ނިވާ ވާރެއާ ×2 
ތުނޑި މަތީގާ ތިބީމައެ ތެމޭނީ މިރޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ 

މަގޫ ގަހެއްގެ އެހީއޭ މިއީ ބަލާލާށޭ 
ހިޔާ ނުވާނެބާއެ ވީ މިތާ ހިމޭންވާށޭ 
ހަނދޭ ނިވާވެލީ 
ހަނދޭ ނިވާވެލި މުޅި ރޭގެ ތީ ބިރެއް ފަދައޭ 
ކަކުނި ދުވަން ފެށީ އެއައީ ފިލާށެ ގޯސްވީއޭ
ފިލާށެ ގޯސްވީއޭ 
ހާދަހާ މޭތެޅޭ ސޫފި ގާުން ހިރޭ ×2
ހިތިކަމޭ ލާވަށާލީ ދެކޭށޭ މިރޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ 

ދެރަވެ މިވަރުގެ ކަމެއް ގައިމުވެސް ހިލާ ނުފެނޭ 
ދެވޭނެ ދަނޑިވަޅު ނުލިބޭނެތީ ދެލޯ މެރުނީ 
ދެކޭށެ ބޭރު އަމާނޭ 
ދެކޭށެ ބޭރު އަމާނޭ ބިރުން އައީ ނޫންހޭ 
ހިނގާށެ މޫދުގެ ދޮން ފެހި އަސަރު ދެކޭނަމުހޭ 
އަސަރު ދެކޭނަމުހޭ 
ނޫނެކޭ މާފުދީ ދަންވި ބިރު ހީވެޔޭ ×2 
ގުޅިލުމުން މާދަމާރޭ އުފާ ވާނެޔޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ 
ނުތިބެ ވީ ދާށެ ގައިމޭ ތެމޭނޭ މިރޭ 
ހޭޅިއެއް ގާތުގައި ވޭ ނިވާ ވާރެއާ 
ތުނޑި މަތީގާ ތިބީމައެ ތެމޭނީ މިރޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ ×2