ޖާދޫގަރު ދޭތީ އަނިޔާ

ޖާދޫގަރު ދޭތީ އަނިޔާ ނުފިލާވޭ މިހިތުގެ ހަނދާން 
ނުކުރާށޭ ނުކުރާށޭ ތިޔަ އަނިޔާ ތި ރީތި ލޮލުން 
ޖާދޫގަރު ބޭނުމިއްޔާ މިހިރީ ހަމަ ގާތުގަ ދެން 
ގެންދަވާށޭ ގެންދަވާށޭ މިހިތް ލޯބިން ދެމޭ ހިބައިން 
ޖާދޫގަރު 

ތިޔަ މޫނުގާ އެދޭތީ ބީހިލަންހޭ ×2 
މުޅި ދުނިޔޭގައި ގޮވައިގެން އުދުހިލަންހޭ 
ލޯބިވާކަން ދޭހަ ކުރަން ނެތީހެދެން ގޮތެއް އެހެން 
ޖާދޫގަރު ދޭތީ އަނިޔާ ނުފިލާވޭ މިހިތުގެ ހަނދާން 
ނުކުރާށޭ ނުކުރާށޭ ތިޔަ އަނިޔާ ތި ރީތި ލޮލުން 
ހެ ޖާދޫގަރު 

އެކި ރޭދުވާ ގުނީމޭ ތިޔަ ހިޔާލުގާ ×2 
ހިތުލައިގެން ވެސް ހުރީމޭ އިންތިޒާރުގައި 
ލޭގާ ވަނީ ތިޔަ ރީތި ނަމުން ފެވޭ ނިޝާންތަކޭ ބުނަން 
ޖާދޫގަރު ބޭނުމިއްޔާ މިހިރީ ހަމަ ގާތުގަ ދެން 
ގެންދަވާށޭ ގެންދަވާށޭ މިހިތް ލޯބިން ދެމޭ ހިބައިން 
ޖާދޫގަރު 

ތިޔަ ލޯ ކުރާ އިޝާރާތް މޭގެ ވިންދަކީ ×2 
ތިޔަ ލޯބިދޭ ސަހާރާ އޭގެ ހައްލަކީ 
ހުރެވިދާނެޔެ ހިޔާލުކުރަން 
އަނހާ އަނހާ ނުދޭ ތިހެން 
ޖާދޫގަރު ބޭނުމިއްޔާ ނުފިލާވޭ މިހިތުގެ ހަނދާން 
ގެންދަވާށޭ ގެންދަވާށޭ މިހިތް ލޯބިން ދެމޭ ހިބައިން 
ޖާދޫގަރު