ވިސްނާ ވިސްނާ

ވެއްޖޭ ހިތް މަގޭ ފަނާ ވިސްނާ ވިސްނާ 
ނެތްހޭ މިންޖެއް މިތާ ވިޔަކަސް ހިތް ފަނާ 
ވިސްނާ ވިސްނާ 

އެކި ރޭތައް ދުވާލާ ވަކިވަކީން ގުނަގުނާ
ފޮނި އުއްމީދުތައް ހިޔާލާ ހުރެހުރެ ވާތީ ފަނާ 
ވީމޭ ގޮތް ހުސްވެފާ އެއްވެސް ކޮޅެއް ނުފެނިފާ 
ވިސްނާ ވިސްނާ ބޮލުގައި ރިއްސާ 

ހީވޭ އޮއްސެނީޔޭ ހަނދާ ތަރިތަކާ އެކު އިރާ 
ހީވޭ ހުއްޓިފާ ވާހެން ކާއިނާތުގެ ހިނގުން 
ހީވޭ ކޮސް ގޮވޭހެން ހީވޭ އެންމެން ނަށާހެން 
ވިސްނާ ވިސްނާ ބޮލުގައި ރިއްސާ 

ވެއްޖޭ ހިތް މަގޭ ފަނާ ވިސްނާ ވިސްނާ 
ނެތްހޭ މިންޖެއް މިތާ ވިޔަކަސް ހިތް ފަނާ 
ވިސްނާ ވިސްނާ 

އެކި ރޭތައް ދުވާލާ ވަކިވަކީން ގުނަގުނާ
ފޮނި އުއްމީދުތައް ހިޔާލާ ހުރެހުރެ ވާތީ ފަނާ 
ވީމޭ ގޮތް ހުސްވެފާ އެއްވެސް ކޮޅެއް ނުފެނިފާ 
ވިސްނާ ވިސްނާ ބޮލުގައި ރިއްސާ