އުޑުން ތަރިތައް

އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 

ހިޔަނީގެ ގަނޑުވަރު މަކުރަމޭ ބިނާ 
ހިޔަލެއް ނުލިބި ގޮސް ވިޔަސް ހެޔޮ ހަނާ 
ތިޔަ ނޫން ނަމެއް ދެން ކިޔުންވެސް މަނާ 
އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 

ނިދުމާ ކެއުންވެސް ހަރާން ބޯފެނާ 
ނަދުރެއް ބުނީމޭ ލިބުން އެދި އަނާ 
ތަދުބީރަކުން ކުރިމަތިން އެޅި ހަނާ 

ގަބުކަން ފިލާތޯ ވުމަށް ހަރުދަނާ 
ހަބަރެއް ލިބޭތޯ އެޅިން އަތްފުނާ 
ލިބުމުން ތިބާ ނޭދޭނަން ރިހި ރަނާ 
އަބަދަށް ލިބުން އެދި ހުރީ ކަމަނާ 
އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 
އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ