ލިބޭތޯ ދުއާކުރި އަޝީގާ

ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 

ކިޔައިދޭށަ ލޯތްބާ ހުވާކޮށް ޒަމާނީ އަޝިގީ ޒުވާނާ 
ދިރޭ ރަމްޒު އުލްފަތުގެ ޖޯށުން ކިޔައިދިން ހެމުން ރީތި ގާނާ 
ގެނައި ހިތި އަސަރު އެ ޝޯހީ ނަޒަރު މަކަރުގައިހެ ދެއްވީ ސަހާރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

ކުރާތީ ހިތަށް ސޫރަ މަންޒިލް އެ ޗާލޫވި ރޯޝަން އަބީރާ 
ވެ ބަރުބާދު ރީތިވި އެ މަންޒަރު ތި ހީކުރި ދެކޭނޭ ހަވީރާ 
މިތޯ އާޝގީ އެހާ ތާޒަގީ ހިތަށް އޭގެ ވޭންދިން ޒަމީރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

ހަބަރު އޭރު ދީފާ ދިޔައިހޭ އަސަރުގާ މިވީ ރޮއި ހަދާންހޭ 
ތެދޭ ކުރިވި ބޭކާރު ޒާލިމް އަޝީގާ ނުލިބި ޝޯހުވާންހޭ
މި ދަރުދުން ލިބޭ މި ދުކުގާ ތެދޭ ދެކޭނޭހެ މޫސުން ބަހާރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

މިތުރު ފާޅުކުރި ފުން ހިޔާލާ އެކުރި ހާސްވާހާ ސުވާލާ 
އެނގޭ ކުރިވި ފަރިޔާދު ނާހާ ނަގާލީ މަހައްބަތު އޮޔާލާ 
މި ޝަކުވާޔަކީ އޮތް އާދޭހަކީ އެކީގައި ވުމެއ ނެތްހެ ޔާރާ 