ދެފުރާނަ

ދެފުރާނަ އެކުވެފާވާ، ވަކިވާނެހޭ ހިލާ 
އުޑުގައި ދެނަން އެކީގައި އެ ލިޔަމުން ދަނީ ވިލާ
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ 
އުދަރެސް މަތީން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ 
ދެފުރާނަ އެކުވެފާވާ 

ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ 
ހިއްސުތައް ހޭލަނީ ފުން އަސަރުގައި ހިތާ 
ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ 
ހިއްސުތައް ހޭލަނީ ފުން އަސަރުގައި ހިތާ 
ނޭވާ ލެވޭނޭ، ވައިރޯޅި ވާނޭ، އެއަޑު ނާހަބަލާ 
ދެފުރާނަ އެކުވެފާވާ، ވަކިވާނެހޭ ހިލާ 
އުޑުގައި ދެނަން އެކީގައި އެ ލިޔަމުން ދަނީ ވިލާ
ދެފުރާނަ އެކުވެފާވާ 

ވަގުތުތައް ލޯބިލޯބިން ނޭނގެއޭ ހޭދަވާ 
ލޯ އެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ 
ވަގުތުތައް ލޯބިލޯބިން ނޭނގެއޭ ހޭދަވާ 
ލޯ އެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ 
ތާޒާ މިހާރު ވީމާ، އަމުދުން ބަހަރު އައިމާ، 
ތާޒާ މިހާރު ވީމާ، އަމުދުން ބަހަރު އައިމާ، ލޯބިން ފޮޅޭށެ މަލާ
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ 
އުދަރެސް މަތީން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ 
ދެފުރާނަ އެކުވެފާވާ 

ލޯމެރީމާ، ކަލާ މޫނު ފެންނަން ހުރޭ 
ހިތް އެދޭ ހިޔަލުދީ ފޫހިފިލުންވަން ހުރޭ 
ލޯމެރީމާ، ކަލާ މޫނު ފެންނަން ހުރޭ 
ހިތް އެދޭ ހިޔަލުދީ ފޫހިފިލުންވަން ހުރޭ 
އެކުގައި ނިދާނީ ލޯމަރަނީ އެކުގައި ނިދާނީ ލޯމަރަނީ އޭރުން ފިލާނެ ގިލަން
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ 
އުދަރެސް މަތީން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ 
ދެފުރާނަ އެކުވެފާވާ، ވަކިވާނެހޭ ހިލާ 
އުޑުގައި ދެނަން އެކީގައި އެ ލިޔަމުން ދަނީ ވިލާ
އެ ސިފަކޮށްދެނީ ކަލާ، އެ ލިޔަމުން ދަނީ ވިލާ.