މަލެއް ފަރިވެ އެއިނީ ފޮޅެން ނުކެރިފާހޭ

މަލެއް ފަރިވެ އެއިނީ ފޮޅެން ނުކެރިފާހޭ
އަލުން އާ ބަހާރެއްގެ އުއްމީދުގައި ހޭ

އެކަރުގަނޑު ތެރޭގައި އެ ޝާމިލުވި ޝަބްނަމް
އޮހޮރި ހުސްވެދާނޭތި ބިރު ހީވެފާހޭ

ފިލާގޮސް އެހުރި ރީތި ކުލަޔާއި ވަހާވެސް
މިލާ މޯޅިވާނޭ ކަމުގެ ފިކުރުގައި ހޭ

ކޮކާލާ ބަޅިދު ބުލްބުލަށްވެސް ފިލައިގެން
ނިކަން ރީތިކޮށް އިނދެވިދާނޭ ކަމަށްހޭ

ދޭކޭ ދޫނިތައް ދެކި ނިކަން ފޫހި ވެވިފައި
ވަކިން ވަކި ކޮކާލެއް އައުން އެދެވިފައިހޭ

ތުނބުން ދީ ހަމަލަ ފިޔަތަކަކަށް ރީތި މައިނާ
ތަނޑިން ލުހި ހިނގައިދާނެތީ ސިހުމުގައިހޭ

ވަމުން މަސްތު ތިޔަ މަލުގެ ވިސްކީ އަބީރުން
ހެމުން ވެއްޓިދާނޭ އުނގެއް ނުފެނިފައި ހޭ

މިއީހޭ ހަގީގަތް މިއީ އަސްލު ނޫންހޭ
މިއީ މަލުގެ ގަސްތާ ގުޅޭ ތަރުޖަމާހޭ

މަލެއް ފަރިވެ އެއިނީ ފޮޅެން ނުކެރިފާހޭ
އަލުން އާ ބަހާރެއްގެ އުއްމީދުގައި ހޭ