ބޭނުމޭ އިޝްގާ އޭގެ މޭވާ


ބޭނުމޭ އިޝްގާ އޭގެމޭވާ ފޮނިކަާ އެކީ ދޮންވެ ފާވީމާ 
ބޭނުމޭ އިޝްގާ އޭގެމޭވާ ފޮނިކަާ އެކީ ދޮންވެ ފާވީމާ 
މަސްތު ވެވުނޭ ބެލީމާ ލޯބީގާ ހޯދެނީއޭ ކަން މިހެންވީމާ 
ހާމަކޮށްލީ މީ ލިބޭތޯއޭ ނާޒުކީމާ ޗާލޫ ފަރިވީމާ 
ބޭނުމޭ އިޝްގާ އޭގެމޭވާ 

ބޭގަރާރޭ މިކުރުވީ ފެނުނީމާ ނެވައޭ ނުލެވެނީ މިވަރުވީމާ 
ބޭގަރާރޭ މިކުރުވީ ފެނުނީމާ ނެވައޭ ނުލެވެނީ މިވަރުވީމާ 
ހިތުގައި އާރޯ އަސަރުވީ އެ ނުފިލާ 
އޭ މަގޭ އާޝިގާ މިހެންވީމާ މިހެންވީމާ 
ބޭނުމޭ އިޝްގާ އޭގެމޭވާ ފޮނިކަާ އެކީ ދޮންވެ ފާވީމާ 
މަސްތު ވެވުނޭ ބެލީމާ ލޯބީގާ ހޯދެނީއޭ ކަން މިހެންވީމާ 
ހާމަކޮށްލީ މީ ލިބޭތޯއޭ ނާޒުކީމާ ޗާލޫ ފަރިވީމާ 
ބޭނުމޭ އިޝްގާ އޭގެމޭވާ 

ވޭނުގާ ހިތް މި ވެވެނީ ބަރުބާދޭ އާދެ ލިބެނީ ހިތާމައޭ ނޭދޭ 
ވޭނުގާ ހިތް މި ވެވެނީ ބަރުބާދޭ އާދެ ލިބެނީ ހިތާމައޭ ނޭދޭ  
އެހީ ވާށޭ ހިތޭވީ ދީވާނާ 
ނާހަނީ ކީއްވެހޭ ގޮވާނަމޭ އާދޭ ކަލާ އާދޭ 
ބޭނުމޭ އިޝްގާ އޭގެމޭވާ ފޮނިކަާ އެކީ ދޮންވެ ފާވީމާ 
މަސްތު ވެވުނޭ ބެލީމާ ލޯބީގާ ހޯދެނީއޭ ކަން މިހެންވީމާ 
ހާމަކޮށްލީ މީ ލިބޭތޯއޭ ނާޒުކީމާ ޗާލޫ ފަރިވީމާ 
ބޭނުމޭ އިޝްގާ އޭގެމޭވާ 

ހާދަ ދެރައޭ އަޅާނުލީ ދޯއޭ ފާރުމޭގައި މިވާ ފިލާ ނުދެޔޭ 
ހާދަ ދެރައޭ އަޅާނުލީ ދޯއޭ ފާރުމޭގައި މިވާ ފިލާ ނުދެޔޭ 
ހޫނާ އެކުވީ އުދާހޭ ވިސްނާލާށޭ 
ފައިބަނީ ހިތި ކަރުނައޭ ހޭނެތެނީޔޭ ހޭނެތެނީޔޭ 
ބޭނުމޭ އިޝްގާ އޭގެމޭވާ ފޮނިކަާ އެކީ ދޮންވެ ފާވީމާ 
މަސްތު ވެވުނޭ ބެލީމާ ލޯބީގާ ހޯދެނީއޭ ކަން މިހެންވީމާ 
ހާމަކޮށްލީ މީ ލިބޭތޯއޭ ނާޒުކީމާ ޗާލޫ ފަރިވީމާ 
ބޭނުމޭ އިޝްގާ އޭގެމޭވާ 

ލޯބި އޮޔާލާ

ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ހީނުކުރާށޭ މާފުކުރާނޭ ޖާދޫގާ ޖެހިފާ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ފެންނަހާ ހިތި ސަޒާ ކޮންމެ މަންޒަރެއް ލޯމަތީ 
ދަންނަމޭ މީމަގޭ ބަދުނަސީބުކަން ހާލަކީ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ދަންނަމޭ ކުލައަރާ ހުވަފެނީ ބިލާހޭ މިއީ 
އަންގަމޭ މީ އިނގޭ ފަހުގެ އިލްްތިމާސޭ މިއީ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ކާކުހޭ ލޯބިވީ ބޭވަފާވެދާ ހާލުގާ 
މާ ކުރިން ކަން އޮތީ ދުނިޔެވީ މިގާނޫނުގާ 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 
ލޯބި އޮޔާލާ ވައުދު އުވާލާ ކުރި ހުވަޔާ އިގްރާރު 
ހާލުގައި ޖައްސާފަ ދިއުމުން ކަރުނަ އޮހޭނޭހޭ 

ކަލާ ކަލާ


ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ 
ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ 

ހާލުބަލަން ނުހުރެ ތިހެން ޔާރު އެހީވާށޭ 
ތިޔަފާޑަށް ނުބަލާށޭ ހިތް ތަޅުވަން ނޫޅޭށޭ 

ތިޔަ އަސަރު އަސަރު ލޮލުން ބަލާ ގޮތަކުން ހިތުގައި މިރޭ ހިނގާ އިހުސާސުތަކުން ކެތް ނުވެޔޭ 
ތިޔަ ކުރަން އެދޭ ސުވާލު ކޮށްލާށޭ ހިތް މިއޮތީ ގެންދެބަލާށޭ ނޭނގޭހެ އެވަރު ލޯބިވެޔޭ 
ނުނިދޭނޭ އަންނާށޭ ތިޔަ ބީހިލުމަށް އެދި ހިތް މިރޮނީ 
ވިސްނާށޭ ޖަޒުބާތީ ތޫފާނެކޭ މިރޭ ހިތުގަ ވަނީ 
ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ 

ލަދުގަނޭ ވަރަށް ތިހެން ބަލާލީމާ އަވަހޭވަނީ ވިންދާލޭ ކަތިލައިފި މިހިތް ތޫނު ނަޒަރު 
ބީހެމުން މިރޭ މިދާ ހިމޭން ރޯޅިން ކެތް ވާނެބާއޭ މިހިތަށް އިހުސާސްވީމާ އޭގެ އަސަރު 
ތިޔަހެން އައިސް ކައިރި ވުމުން މެރެނީ ދެލޯ ވާ އިހުސާސުން 
ހާލު މަގޭ ނުފެނޭހޭ ހައިރާންވާހާ ފިންޏޭ ދަންވަރު 
ކަލާ ކަލާ ބުނެބަލާށޭ އަޑުއަހާށޭ ހިތް ނުރޮއްވާށޭ 
ޖިސްމުގައި އަނދާ އަލިފާން ނިވާދޭށޭ ދުރުގަ ނޫޅޭށޭ ދެން 
ހާލުބަލަން ނުހުރެ ތިހެން ޔާރު އެހީވާށޭ 
ތިޔަފާޑަށް ނުބަލާށޭ ހިތް ތަޅުވަން ނޫޅޭށޭ 

އަންނާށޭ އަންނާށޭ އަންނާށޭ 

ކައިވެނީގެ އަމާޒު


ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ ×2 
ރާވަމުންދާ ރޭވުމަށް އެއަރާ ބުރޫތަކަކީ ކޮބާ  
ރާވަމުންދާ ގޮތްތަކުން އެނގިދާ އެނގުންތަކަކީ ކޮބާ 
ދާވަމުންދާ ސާފު ހިތަކަށް ވާނެ ގޮތަކި ވެސް ކޮބާ 
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ 

ލޯބި ދެހިތެއް ގުޅުވުމުން ފުރަތަމަ ހިފޭނެ އަމާޒަކީ ×2
ލޯބިވެތި ކައިވެންޏެކޭ މީކަން ހިނގާ ގާނޫނަކީ 
ލޯބިވެތި އުންމީދުތައް އެހިނދުން ލިބެން ވެސް ފެށުމަކީ 
ލޯބިވެތިކަން ރަމްޒުކޮށްދޭ ސިއްރަކީ އެހެނަސް ކޮބާ 
ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ 


މިލަމިލަ ހަނދުވަރު


މިލަމިލަ ހަނދުވަރުދޭ ރޭރޭގައި 
ތިމަލަށް ނުބެލޭހެ ފެނުނީމާ 
ތުނިތުނި ވާރޭގައި ތެމުނީމާ
އަސަރުން ނުބެލޭހެ ފޮޅުނީމާ 

ވައިރޯޅި ނުވާ ތަނަކުން ފޮޅިފައި ގަދަ ހޫނު އަވިން ތެމި ފޯވީމާ 
މަޑަކުން ހެރެވޭނެހެ އެނގުނީމާ ތިޔަ ޗާލުވި ކުލަޔާ ގުޅުނީމާ 

މިލަމިލަ ހަނދުވަރުދޭ ރޭރޭގައި 
ތިމަލަށް ނުބެލޭހެ ފެނުނީމާ 
ތުނިތުނި ވާރޭގައި ތެމުނީމާ
އަސަރުން ނުބެލޭހެ ފޮޅުނީމާ

އާޝޯހު ވެދޭހޭ ބިން ފެނިފާ ވައިބާރުވެ ރާޅުން ތެމުނީމާ 
އޯގާވެރިކަންވެސް ނުދެވޭނޭ ބޯދާވެރި ބަސްތައް ނޭނގޭހޭ 

މިލަމިލަ ހަނދުވަރުދޭ ރޭރޭގައި 
ތިމަލަށް ނުބެލޭހެ ފެނުނީމާ 
ތުނިތުނި ވާރޭގައި ތެމުނީމާ
އަސަރުން ނުބެލޭހެ ފޮޅުނީމާ

މަގޭ ލޯބި ދަރިފުޅާ

މަގޭ ލޯބި ދަރިފުޅާ ނުމެ ރޯށޭ ކެތް ކުރޭ 
ހަރު ހިތެއް، ހިލަ ހިތެއް، ކަރުނައިން މަޑުވާނެހޭ  ×2 

ރޯ ރުއިމުން ވާ ދެރަޔަކުން، މޭ ވިރިގެން ދާ ދިޔުމަކުން 
ވާނެ ކަމެއް ގައިމޭ ނެތޭ، ކާކަށްހޭ އެނގެނީ މިކަން؟ 
މަގޭ ލޯބި ދަރިފުޅާ ނުމެ ރޯށޭ ކެތް ކުރޭ 
ހަރު ހިތެއް، ހިލަ ހިތެއް، ކަރުނައިން މަޑުވާނެހޭ  ×2 

ރުއިމުގެ އަޑު ވޭނުން މިރޯ ނެތެ އިއްވޭނެ ގޮތެއް މިހެން 
ދުނިޔޭގައި ވާހާ އެހީ ވީ މަހުރޫމޭ އަދު މުޅިން 
ރުއިމުގެ އަޑު ވޭނުން މިރޯ ނެތެ އިއްވޭނެ ގޮތެއް މިހެން 
ދުނިޔޭގައި ވާހާ އެހީ ވީ މަހުރޫމޭ އަދު މުޅިން 
މަގޭ ލޯބި ދަރިފުޅާ ނުމެ ރޯށޭ ކެތް ކުރޭ 
ހަރު ހިތެއް، ހިލަ ހިތެއް، ކަރުނައިން މަޑުވާނެހޭ  ×2 

ވޭނުގެ ތިޔަ ދިޔައީ ޒަމާން އާ ދުވަހެއް އަތުވެއްޖެޔޭ 
ކުށްވެރިވީ ކުށްވެރިޔަކަށް އޭގެ ސަޒާ ލިބިދޭ މިހެން 
ވޭނުގެ ތިޔަ ދިޔައީ ޒަމާން އާ ދުވަހެއް އަތުވެއްޖެޔޭ 
ކުށްވެރިވީ ކުށްވެރިޔަކަށް އޭގެ ސަޒާ ލިބިދޭ މިހެން 
މަގޭ ލޯބި ދަރިފުޅާ ނުމެ ރޯށޭ ކެތް ކުރޭ 
ހަރު ހިތާ، ހިލަ ހިތާ  ކަރުނައިން މަޑުވާނެޔޭ  ×2 

ލޯބީގެ ތިޔަ ހަޒާނާ

ލޯބީގެ ތިޔަ ހަޒާނާ ×2
އިޝްގީގެ ފަރި މަލާއޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ 
ލޯބީގެ ތިޔަ ހަޒާނާ 

އާޝޯހު ފަހެ ނުވޭހޭ ×2
މޫނާ ދެލޯ ދެކޭށޭ 
މެހެމާނުނަށް އުފާދޭ ×2 
ޝެހެނާ އަކީ ތިބާ އޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 

އިޝްގީގެ މާތް ޝަރާބަތު ×2 
އެދެނީ މި ދެއްވެވުން އަދު 
ދެއްވައިފި ނަމަ ގިޔާމަތު ×2 
ދެއްވީ އެ މާތް ނަސީބޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 

ނޫރޭ ލޮލުގެ ބަޔާނޭ ×2
ރޫހެއް ދެވަނަ ނުވާނޭ 
ސޫރަވެ ލޮލުގެ ދެކޮއި ވެސް ×2
ހޫރެއްހެ ތީ ކަލާއޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 

އުލްފަތު ހިތަށް ލިބޭނޭ ×2 
ޒުލްފުން މަލެއް ފޮޅޭނޭ 
ބުލްބުލް ހަޒާރު ދާސްތޭ ×2 
ފުލްހޫހުތީ ބަހާރޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ
ލޯބީގެ ތިޔަ ހަޒާނާ 
އިޝްގީގެ ފަރި މަލާއޭ 
ދުވަހަކު ހިތުން ނުދާނޭ ސުވަރުގެއަކީ ކަލާއޭ 
ލޯބީގެ ތިޔަ ހަޒާނާ 

އޭ ހާދަ އެދެން ތިޔަ މޫނު ދެކެން

އޭ ހާދަ އެދެން ތިޔަ މޫނު ދެކެން ފަހެ ހިއްލާލަދީ ނިގާބް 
އާލަމް ޖަރީވެދާހާ ވިދާލައެ ނޫރާ ޝަބާބް 
އޭ ހާދަ އެދެން 

ބުލްބުލްގެ މަސްތު ނަގުމާ ހޭ ރާނީގެ ހިމަ އަޑުން ×2
އިއްވާލި ރީތި ރާގުންނޭ ހައިރާންވެ ވީ އަޖައިބު
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން ފަހެ ހިއްލާލަދީ ނިގާބް 
އާލަމް ޖަރީވެދާހާ ވިދާލައެ ނޫރާ ޝަބާބް 
އޭ ހާދަ އެދެން 

ޖަންނަތުގެ ހޫރެކޭ ތިއީ، ނޫނީ ޕަރީއެކޭ ×2 
ފެނިފާ ތިބާ ހަނދޭ ލަދުން މޫނޭ ކުރީ ހިޖާބު 
އޭ ހާދަ އެދެން 

ފިނިފެން މަލުންހެ ތާޒާވީ ފަހެ ހެއްދެވީ ކަލާ ×2 
ވަސްމީރު ކޮށްފިއޭ ފަޒާ ދީފާނުހޭ ޖަވާބު 
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން ފަހެ ހިއްލާލަދީ ނިގާބް 
އާލަމް ޖަރީވެދާހާ ވިދާލައެ ނޫރާ ޝަބާބް 
އޭ ހާދަ އެދެން ތިޔަ މޫނު ދެކެން 

އަބަދުމެ ފަހަތުން

އަބަދުމެ ފަހަތުން އަންނާތީއޭ ހަމަނޭވެސް ލާން ދަތީ 
ހުރޭ މިތާ، ހުރެބަލާ މިތާ، އަންނާށެ ފަހުން އުނދަގޫ މިވަނީ، ދެން ދޭ 
އަބަދުމެ ފަހަތުން އަންނާތީއޭ ހަމަނޭވެސް ލާން ދަތީ 
ހުރޭ މިތާ، ހުރެބަލާ މިތާ، އަންނާށެ ފަހުން އުނދަގޫ މިވަނީ 
ބަލަ ނާދޭ، ހޫމް (ލޯބި ވާތީ)  އާ ނާދޭ (ލޯބިން ގޮވާތީ)

ދެވޭނެތޯ ފަހުން މިރޭ މިތަން ދޫކުރާށޭ 
(މިހާވަރުން ދެންމެތާ ދިމާވީ ނުދާށޭ) 
މަގޭ ހިތާ ކުޅޭ ވަރުން ޝޯހު ވެސް ވެދާނޭ 
(ދިމާވެފާ މިހެން މިރޭ އަތުން ދޫވެދާނޭ) 
ނާދޭ ބަލަބަލަ (ލޯބިވާތީ) ބުނީމާ އާދޭ (އާ ލޯބިން ގޮވާތީ) 

ހޯ އޯއޯ އަބަދުމެ ތިގޮތަށް އަނިޔާ ދީދީ ފުރިހަމަ ލޯތްބެއް ވާށެ ނެތީ 
(ހުރޭ މިތާ، ހުރެ ބަލާ މިތާ، އަންނާށެ ފަހުން މިތުރާ މިދަނީ) 
(ބަލަ އާދޭ) ފޫހި ވާތީ (ހަމަ ލޯބި ވާތީ) ބުނީމާ އާދޭ 

ދިމާވުމުން މިހެން މިރޭ ފަހަތުންނެ ނާދޭ 
(ޒުވާން ހިތޭ މިމޭގަ ވީ ކިޔަމަން ނުވާނޭ) 
މަލާމަތޭ ލިބެން ފެށީ ބަލައިގެން އުޅޭށޭ 
(ސަލާމަތެއް ލިބެން އޮތީ ގުޅިގެން ހިނގާށޭ) 
(އާދޭ ބަލަ) ފޫހީ ވާތީ (އާނ ހަމަ އާދޭ) ފޫހިވާނެ ނާދޭ 

ހޯ އޯއޯ ފޫހި ވެދާނޭ ތިގޮތަށް ނޫޅޭ ގޯނާ ކުރުމަށް ހާދަ އުޅޭ 
(ހުރޭ މިތާ، ހުރެ ބަލާ މިތާ، އަންނާށެ ފަހުން މިތުރާ މިދަނީ) 
ބަލަ އާދޭ ލޯބި ވާތީ (އާނ) އާދޭ ލޯބި ހޯދާ

ހުންނަންތަވީ އުމުރަށް މިހެން

ހުންނަންތަވީ އުމުރަށް މިހެން ހިތުގާ އެދުންވާ ނުފުދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 

ފަހެ ދެން ނެތީހޭ މޮޅު ހަކީމެއް ބޭހަކުން ފަރުވާޔަކުން 
ފޮހެލާ ދެވޭފަދަ ޑަކްޓަރެއް ވާ ހިތުގެ ބައްޔަށް އުފެދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 

އޭ މާމެލާމެލިތަކު ތެރޭ ފަރިވާ ވަގުތުގާ ދެކިލުމަށް 
އޭ މާބުލާޝަމް ފަހެވަނީ ކޮންތާކުގާހޭ ހޯދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 

ކިތަކަށް އަހަރުތޯ ތިޔަމަލެއް ފަރިވީފަހުން މިއަދަށް މިވީ 
ހިތަކަށް އޮތް އިރު އެތަންމިތަނުން އެއަށް ހިތް ނޭދިފާ 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 
ހުންނަންތަވީ އުމުރަށް މިހެން 
އޮންނަންތަވީ ކަރުނުގެ ތެރޭ ތެމިފޯވެގެނ ގޮސް ފޫދިފާ 

ވިސްނާ ވިސްނާ

ވެއްޖޭ ހިތް މަގޭ ފަނާ ވިސްނާ ވިސްނާ 
ނެތްހޭ މިންޖެއް މިތާ ވިޔަކަސް ހިތް ފަނާ 
ވިސްނާ ވިސްނާ 

އެކި ރޭތައް ދުވާލާ ވަކިވަކީން ގުނަގުނާ
ފޮނި އުއްމީދުތައް ހިޔާލާ ހުރެހުރެ ވާތީ ފަނާ 
ވީމޭ ގޮތް ހުސްވެފާ އެއްވެސް ކޮޅެއް ނުފެނިފާ 
ވިސްނާ ވިސްނާ ބޮލުގައި ރިއްސާ 

ހީވޭ އޮއްސެނީޔޭ ހަނދާ ތަރިތަކާ އެކު އިރާ 
ހީވޭ ހުއްޓިފާ ވާހެން ކާއިނާތުގެ ހިނގުން 
ހީވޭ ކޮސް ގޮވޭހެން ހީވޭ އެންމެން ނަށާހެން 
ވިސްނާ ވިސްނާ ބޮލުގައި ރިއްސާ 

ވެއްޖޭ ހިތް މަގޭ ފަނާ ވިސްނާ ވިސްނާ 
ނެތްހޭ މިންޖެއް މިތާ ވިޔަކަސް ހިތް ފަނާ 
ވިސްނާ ވިސްނާ 

އެކި ރޭތައް ދުވާލާ ވަކިވަކީން ގުނަގުނާ
ފޮނި އުއްމީދުތައް ހިޔާލާ ހުރެހުރެ ވާތީ ފަނާ 
ވީމޭ ގޮތް ހުސްވެފާ އެއްވެސް ކޮޅެއް ނުފެނިފާ 
ވިސްނާ ވިސްނާ ބޮލުގައި ރިއްސާ 

ވަގުތު ނެތޭ


ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެއްވީމާ 
ސަމުގާ ކިތަންމެ ދަތަސް، ފަޅުވެރިން ހޭނުމެ ލިއްޔާ 
މަރު ދާދި ކުޑަތަން ވިޔަކަސް، ފަރު ހޯދި އަރާ ހަމަވީމާ 
ވަގުތު ނެތޭ، ވަގުތުނެތޭ، ވަގުތު ނެތޭ، ވަގުތުނެތޭ

ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެއްވީމާ 
ސަމުގާ ކިތަންމެ ދަތަސް، ފަޅުވެރިން ހޭނުމެ ލިއްޔާ 
މަރު ދާދި ކުޑަތަން ވިޔަކަސް، ފަރު ހޯދި އަރާ ހަމަވީމާ 
ވަގުތު ނެތޭ، ވަގުތުނެތޭ، ވަގުތު ނެތޭ، ވަގުތުނެތޭ

ބޯހާސްވެ ދަންވަރު ގޭގައި އެކަނި ×2
ހޯދާ ބަލާ ވިސްނާ އެކަނި ×2 
ސިހި ސިހި ސިހި އެކަނިވެފާ ×4 

ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެއްވީމާ 
ސަމުގާ ކިތަންމެ ދަތަސް، ފަޅުވެރިން ހޭނުމެ ލިއްޔާ 
މަރު ދާދި ކުޑަތަން ވިޔަކަސް، ފަރު ހޯދި އަރާ ހަމަވީމާ 
ވަގުތު ނެތޭ، ވަގުތުނެތޭ، ވަގުތު ނެތޭ، ވަގުތުނެތޭ

މަސް ކެޔޮޅުތާ މަސްބާނަނީ ×2
މަސް ހިބަރުތާ މަސް އައިން ފެހީ ×2
އެންމެން ނިދީ އެންމެން ނިދީ ×4

ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެއްވީމާ 
ސަމުގާ ކިތަންމެ ދަތަސް، ފަޅުވެރިން ހޭނުމެ ލިއްޔާ 
މަރު ދާދި ކުޑަތަން ވިޔަކަސް، ފަރު ހޯދި އަރާ ހަމަވީމާ 
ވަގުތު ނެތޭ، ވަގުތުނެތޭ، ވަގުތު ނެތޭ، ވަގުތުނެތޭ

އެން ކެޔޮޅުތާ އެންތައް އުކީ 
ފެން ޖެހިތަނާ މަސްގަނޑު ކެވީ 
ހިލަމެއް ނުވީ ހިލަމެއް ނުވީ ×4

ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެއްވީމާ 
ސަމުގާ ކިތަންމެ ދަތަސް، ފަޅުވެރިން ހޭނުމެ ލިއްޔާ 
މަރު ދާދި ކުޑަތަން ވިޔަކަސް، ފަރު ހޯދި އަރާ ހަމަވީމާ 
ވަގުތު ނެތޭ، ވަގުތުނެތޭ، ވަގުތު ނެތޭ، ވަގުތުނެތޭ

ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެއްވީމާ 
ސަމުގާ ކިތަންމެ ދަތަސް، ފަޅުވެރިން ހޭނުމެ ލިއްޔާ 
މަރު ދާދި ކުޑަތަން ވިޔަކަސް، ފަރު ހޯދި އަރާ ހަމަވީމާ 
ވަގުތު ނެތޭ، ވަގުތުނެތޭ، ވަގުތު ނެތޭ، ވަގުތުނެތޭ

އުޑުން ތަރިތައް

އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 

ހިޔަނީގެ ގަނޑުވަރު މަކުރަމޭ ބިނާ 
ހިޔަލެއް ނުލިބި ގޮސް ވިޔަސް ހެޔޮ ހަނާ 
ތިޔަ ނޫން ނަމެއް ދެން ކިޔުންވެސް މަނާ 
އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 

ނިދުމާ ކެއުންވެސް ހަރާން ބޯފެނާ 
ނަދުރެއް ބުނީމޭ ލިބުން އެދި އަނާ 
ތަދުބީރަކުން ކުރިމަތިން އެޅި ހަނާ 

ގަބުކަން ފިލާތޯ ވުމަށް ހަރުދަނާ 
ހަބަރެއް ލިބޭތޯ އެޅިން އަތްފުނާ 
ލިބުމުން ތިބާ ނޭދޭނަން ރިހި ރަނާ 
އަބަދަށް ލިބުން އެދި ހުރީ ކަމަނާ 
އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 
އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ 
ހިތަށް އަރަނީ ތަކޭ ފަރި ވަނާ 
މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 
ބަލަން އޮވެގެން މަ ކީމޭ ސަނާ 

ލިބޭތޯ ދުއާކުރި އަޝީގާ

ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

ކިޔައިދޭށަ ލޯތްބާ ހުވާކޮށް ޒަމާނީ އަޝިގީ ޒުވާނާ 
ދިރޭ ރަމްޒު އުލްފަތުގެ ޖޯށުން ކިޔައިދިން ހެމުން ރީތި ގާނާ 
ގެނައި ހިތި އަސަރު އެ ޝޯހީ ނަޒަރު މަކަރުގައިހެ ދެއްވީ ސަހާރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

ކުރާތީ ހިތަށް ސޫރަ މަންޒިލް އެ ޗާލޫވި ރޯޝަން އަބީރާ 
ވެ ބަރުބާދު ރީތިވި އެ މަންޒަރު ތި ހީކުރި ދެކޭނޭ ހަވީރާ 
މިތޯ އާޝގީ އެހާ ތާޒަގީ ހިތަށް އޭގެ ވޭންދިން ޒަމީރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

ހަބަރު އޭރު ދީފާ ދިޔައިހޭ އަސަރުގާ މިވީ ރޮއި ހަދާންހޭ 
ތެދޭ ކުރިވި ބޭކާރު ޒާލިމް އަޝީގާ ނުލިބި ޝޯހުވާންހޭ
މި ދަރުދުން ލިބޭ މި ދުކުގާ ތެދޭ ދެކޭނޭހެ މޫސުން ބަހާރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

މިތުރު ފާޅުކުރި ފުން ހިޔާލާ އެކުރި ހާސްވާހާ ސުވާލާ 
އެނގޭ ކުރިވި ފަރިޔާދު ނާހާ ނަގާލީ މަހައްބަތު އޮޔާލާ 
މި ޝަކުވާޔަކީ އޮތް އާދޭހަކީ އެކީގައި ވުމެއ ނެތްހެ ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ ނުދޭތީއެ އިޝްގީ އިޝާރާ 
މި ގިސްމަތު އެކީ ފަރިވާތީ ދުށީ މި ބޭނުން ވެގެން ލޯބި ޔާރާ 
ލިބޭތޯ ދުއާކުރި އަޝީގާ 

ފަސްދީފާ ދާތީ

ހޯދީމޭ ހިނިތުން އޭނާ ގާތުން 
ކައިރިކައިރިން މަސްތީ އުފަލުން 
ވިސްނާ ފިކުރެއް އޭނާ ނުކުރޭ 
އެކުގާ އުޅުމަށް ހައިރާން މަ ވީމޭ 

މީ މަށަށް ވާ ވަރުގެ ކަމެއް ނޫން ފަސްދީފަ ދާތީ ×2

ތަރިތައް ފިޔަޖަހާތަން ފެނެޔޭ 
ފުރިހަމަވޭ ހަނދުގެ ފަރިކަމުން 
އެކުގާ މަށަށް އުޅެވިދާނެހޭ 
އާދޭސްކޮށް ބުނަމޭ ޕަރީ ނުދާށޭ 
މީ މަށަށް ވާ ވަރުގެ ކަމެއް ނޫން ފަސްދީފަ ދާތީ ×2

ވިސްނާދެން އުޅެފާ ދާނެޔޭ 
އަދި އަންނާނެޔޭ މާޔޫސްވެފާ ހުރެ 
ގިސްލާ ރޮމުން ބުނެދޭނެޔޭ 
މަޖުބޫރޭ މިނޫން ގޮތެއް ނެތޭ 
މީ މަށަށް ވާ ވަރުގެ ކަމެއް ނޫން ފަސްދީފަ ދާތީ ×4
ފަސްދީ ނުދާށޭ 
މީ މަށަށް ވާ ވަރުގެ ކަމެއް ނޫން ފަސްދީފަ ދާތީ

ލޯބިން

އެދެނީ ލިބުމޭ ކަލާ އުމުރަށް އުފާ ހޯދަދޭނަމޭ 
ދެކެނީ ފޮނި ހުވަފެންތަކޭ އުމުރަށް ލޯބިން އުޅެދޭނަމޭ 

ލޯބިން ޔާރު އޯގާވީމާ ދޯދިން ހަނދުވަރު އަލިވޭމެޔޭ 
ރޯޅިން މޭ ސިހުންވީމާ މޯޅިން ހިތް ހޭލައްވައިފިޔޭ 

ދެކިލަން އެދޭވަރޭ މަގޭ ހިތް 
ހޯދަން އެދޭވަރޭ މަގޭ ދެލޯ 
ބީހެން އެދޭވަރޭ މަގޭ ދެއަތް 
އުރާލަން އެދެނީ މި ޖިސްމޭ ލޯބިވާ ×2 

އެދެމޭ ބޯއަޅައިން އޮންނަން އުނގުގާ
އޮވެގެން އުމުރަށް ނިދާލަން ގާތުގާ 
އުޅެލަން އުފަލުގައި އެދެނީ މިހިތޭ 
ދެހިތެއް މިކަމުން މިންޖުވާނެޔޭ ޔަގީނޭ 
ކަލާޔަށް މަގޭ ހިތް ލޯބިން ފުރިގެންދޭ 

އޯގާވާން އެދެމޭ ލޯބިދޭން އެދެމޭ 
ފަރުވާ ދޭން އެދެމޭ ހިތުގާވާން އެދެމޭ 

އެދިގެން މިހިތް ރޮނީ ހުންނަން ކަލާ ގާތުގައި ލޯބިން، އެހާވެސް ލޯބިވޭ 
އަދި ދެން ބޭނުންވޭ ލޯބިން އުޅެލަންވެސް ލޯބިން ބޭނުމޭ 
ލޯބި ލޯބިން 
ލޯބިން 
ލޯބިން އުޅެލަން 
ލޯބިން ބޭނުމޭ 

ކަލާޔަށް މަގޭ ހިތް ލޯބިން ފުރިގެން ދޭ 
ލޯބިން ޔާރު އޯގާވީމާ ދޯދިން ހަނދުވަރު އަލިވޭމެޔޭ 
ރޯޅިން އުރާލަން އެދެމޭ ޖިސްމޭ ލޯބިވާ 

އެދިގެން މިހިތް ރޮނީ  އެދިގެން މިހިތް ރޮނީ  
އެދިގެން މިހިތް ރޮނީ  ހުންނަން ކަލާ ގާތުގާ 


ޖޯޑެއްގެ ސާފު ލޯބި

ލޮނުމެދަކާ ދެ ފިޔަޔަކާ ކަރުނަޔާ 
ލޮނު ލުނބޮޔާ ދެމިރުހަކާ ފުރާނަޔާ 
ލޮނު ދިރި ކޮތަންބިރި ބައި ސަމުސަލެއްގެ އާދޭހާ 
ދޮންކަނބުލޮގެ އަތުން ލިބޭތޯ ދޮންކަނބުލޮގެ އަތުން ލޮބޭތޯ 
ޖޯޑެއްގެ ސާފު ލޯތްބާ ރަހަލާވަރަށް އެ ހިނިތުންވުން ×2 

ތެއްޔަކާ ދޭފަތާ ކޯތާފަތާ 
ރާނބާފަތާ ހިކނަދިފަތާ ތި ތުންފަތާ 
ރާހުތާ ހިތާ އުލްފަތާ 
ދެން ލާށެ މި މަސްތާނާ ކޮށާ 
ދޮންކަނބުލޮގެ އަތުން ލިބޭތޯ ދޮންކަނބުލޮގެ އަތުން ލޮބޭތޯ 
ޖޯޑެއްގެ ސާފު ލޯތްބާ ރަހަލާވަރަށް އެ ހިނިތުންވުން ×2 

ތާވަނާ ވަނުގެ މޮލާ ތި ދެލޮލާ 
ލާދަނާ ދައިގެ ފޮޔާ މަގޭ ކޮޔާ 
ހަނާކުރާ ތާހަށް މަށާ 
ޖަންބުކުލަ އަރާ ނޭފަތާ 
ދޮންކަނބުލޮގެ އަތުން ލިބޭތޯ ދޮންކަނބުލޮގެ އަތުން ލޮބޭތޯ 
ޖޯޑެއްގެ ސާފު ލޯތްބާ ރަހަލާވަރަށް އެ ހިނިތުންވުން ×2

ދޮންކަނބުލޮގެ އަތުން ލިބޭތޯ ދޮންކަނބުލޮގެ އަތުން ލޮބޭތޯ 
ޖޯޑެއްގެ ސާފު ލޯތްބާ ރަހަލާވަރަށް އެ ހިނިތުންވުން ×2

ޖާދޫގަރު ދޭތީ އަނިޔާ

ޖާދޫގަރު ދޭތީ އަނިޔާ ނުފިލާވޭ މިހިތުގެ ހަނދާން 
ނުކުރާށޭ ނުކުރާށޭ ތިޔަ އަނިޔާ ތި ރީތި ލޮލުން 
ޖާދޫގަރު ބޭނުމިއްޔާ މިހިރީ ހަމަ ގާތުގަ ދެން 
ގެންދަވާށޭ ގެންދަވާށޭ މިހިތް ލޯބިން ދެމޭ ހިބައިން 
ޖާދޫގަރު 

ތިޔަ މޫނުގާ އެދޭތީ ބީހިލަންހޭ ×2 
މުޅި ދުނިޔޭގައި ގޮވައިގެން އުދުހިލަންހޭ 
ލޯބިވާކަން ދޭހަ ކުރަން ނެތީހެދެން ގޮތެއް އެހެން 
ޖާދޫގަރު ދޭތީ އަނިޔާ ނުފިލާވޭ މިހިތުގެ ހަނދާން 
ނުކުރާށޭ ނުކުރާށޭ ތިޔަ އަނިޔާ ތި ރީތި ލޮލުން 
ހެ ޖާދޫގަރު 

އެކި ރޭދުވާ ގުނީމޭ ތިޔަ ހިޔާލުގާ ×2 
ހިތުލައިގެން ވެސް ހުރީމޭ އިންތިޒާރުގައި 
ލޭގާ ވަނީ ތިޔަ ރީތި ނަމުން ފެވޭ ނިޝާންތަކޭ ބުނަން 
ޖާދޫގަރު ބޭނުމިއްޔާ މިހިރީ ހަމަ ގާތުގަ ދެން 
ގެންދަވާށޭ ގެންދަވާށޭ މިހިތް ލޯބިން ދެމޭ ހިބައިން 
ޖާދޫގަރު 

ތިޔަ ލޯ ކުރާ އިޝާރާތް މޭގެ ވިންދަކީ ×2 
ތިޔަ ލޯބިދޭ ސަހާރާ އޭގެ ހައްލަކީ 
ހުރެވިދާނެޔެ ހިޔާލުކުރަން 
އަނހާ އަނހާ ނުދޭ ތިހެން 
ޖާދޫގަރު ބޭނުމިއްޔާ ނުފިލާވޭ މިހިތުގެ ހަނދާން 
ގެންދަވާށޭ ގެންދަވާށޭ މިހިތް ލޯބިން ދެމޭ ހިބައިން 
ޖާދޫގަރު 

ފެން ވިލާ ވޭ މިރޭ

ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ ×2 
ނުތިބެ ވީ ދާށެ ގައިމޭ ތެމޭނޭ މިރޭ 
ހޭޅިއެއް ގާތުގައި ވޭ ނިވާ ވާރެއާ ×2 
ތުނޑި މަތީގާ ތިބީމައެ ތެމޭނީ މިރޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ 

މަގޫ ގަހެއްގެ އެހީއޭ މިއީ ބަލާލާށޭ 
ހިޔާ ނުވާނެބާއެ ވީ މިތާ ހިމޭންވާށޭ 
ހަނދޭ ނިވާވެލީ 
ހަނދޭ ނިވާވެލި މުޅި ރޭގެ ތީ ބިރެއް ފަދައޭ 
ކަކުނި ދުވަން ފެށީ އެއައީ ފިލާށެ ގޯސްވީއޭ
ފިލާށެ ގޯސްވީއޭ 
ހާދަހާ މޭތެޅޭ ސޫފި ގާުން ހިރޭ ×2
ހިތިކަމޭ ލާވަށާލީ ދެކޭށޭ މިރޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ 

ދެރަވެ މިވަރުގެ ކަމެއް ގައިމުވެސް ހިލާ ނުފެނޭ 
ދެވޭނެ ދަނޑިވަޅު ނުލިބޭނެތީ ދެލޯ މެރުނީ 
ދެކޭށެ ބޭރު އަމާނޭ 
ދެކޭށެ ބޭރު އަމާނޭ ބިރުން އައީ ނޫންހޭ 
ހިނގާށެ މޫދުގެ ދޮން ފެހި އަސަރު ދެކޭނަމުހޭ 
އަސަރު ދެކޭނަމުހޭ 
ނޫނެކޭ މާފުދީ ދަންވި ބިރު ހީވެޔޭ ×2 
ގުޅިލުމުން މާދަމާރޭ އުފާ ވާނެޔޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ 
ނުތިބެ ވީ ދާށެ ގައިމޭ ތެމޭނޭ މިރޭ 
ހޭޅިއެއް ގާތުގައި ވޭ ނިވާ ވާރެއާ 
ތުނޑި މަތީގާ ތިބީމައެ ތެމޭނީ މިރޭ 
ފެން ވިލާ ވޭ މިރޭ ފެން ވެހޭނޭ މިރޭ ×2

އާ ކުއްޖެކޭ ދަސްވީފަހުން

އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 
ބިރަކާ ނުލާ އޭނާ އެނގޭ ރެއާ ދުވާލު ހޯދެނީ 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 

ލޯމަތިން ދެން ފެނިލުމުން ވީ ގޮތެއް ވެސް ނޭގުނޭ 
ހީވީ އަރައިގެން އައި ހަނދެއް ހެން ސާފު 
އިސްތަށިގަނޑަކާ އަލިއަލި މޫނުން ރޭގަނޑޭ އަލިވަނީ 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 

އޭ ނަސީބާއޭ މަގޭ ޝާއިރެއް ނަމައީ އިނގޭ 
އަމުނާ ގަޒަލް ލޯބިން ހަދާލައިގެން 
ގައިމޭ ދެން ކިޔޭނޭ ހިތުގެ އަޑީގައި ވާމި ހަޔާލް އާވަނީ 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 

ދާދި ކުޑަކުޑަ ތަންވަޅެއް ދާދި ކުޑަ ހިނގި ކަންފުޅެއް 
ދެފަރާތް މުޅިން ވެއްޖޭ ފިދާ ލޯބިން 
މާމަލާ ވަސް އެކުވިހެން ހަނދުގައި ހަނދުވަރު ހުންނަހެން ވާވަގުތު ދެން ހޯދެނި 
އާ ކުއްޖެކޭ ދަސްވީފަހުން އަސްތާ މިހާރު ހޯދެނީ 
ބިރަކާ ނުލާ އޭނާ އެނގޭ ރެއާ ދުވާލު ހޯދެނީ 

އަހާށޭ ޒުވާނާ

އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 
ވަރަށް ރީތި ރެއެކޭ ހިނގާލަމާ ހިނގާ 
ވަރަށް ރީތި ރެއެކޭ ނިދާލަމާ ހިނގާ 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

ހޫނޫން ޔާރާގެ ހަށީގާވާ މޭގާ އުތުރޭ ފިނިކަން ފިލުވާލަން ހޭ ×2
އޭރުން ހިތަށް ތިކުރުވާނެ އަރާމު ނިކަން ލޯބިން ބަޔާން ކޮށްދެންހޭ 
ތިހެން ނޫޅެ މިތުރާ ނިދަން ހިނގާ މިރޭ ×2 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

މިތުރާއޭ ދަންވަރޭ ހިމޭންވޭ ސިޔާސަވެގެން ނޫޅޭށޭ ކެތްތެރި ވާށޭ ×2 
ކިޔާދޭނަމޭ މިހިތު ތެރޭވާ ހިޔާލު ނިކަން ލޯބިން އަޑު ދެން އަހާށޭ 
ތިހެން ނޫޅެ ގާތަށް ޖެހޭށެ ދެން މިރޭ ×2 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

ނާދޭ މިރޭ މަ ހިލާ ނިންޖެއް ލޯބީގަ ވެދާ ގޮތެކޭ މި ހިތް ހެޔޮކުރާތީ ×2 
ކެތް ވާނީ ކިހިނަކުން ޒުވާނާ ނަގާ މިރާޅު މޭގާ ދެން އޮބިގެން ނުދާތީ 
ތިއީ ހާދަ މަސްތީ މިޒާޖެކޭ މިރޭ ×2 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 
ވަރަށް ރީތި ރެއެކޭ ހިނގާލަމާ ހިނގާ 
ވަރަށް ރީތި ރެއެކޭ ނިދާލަމާ ހިނގާ 
އަހާށޭ ޒުވާނާ ބުނާށެ ލޯބިވާ ×2 

ވައި ވެގެން

ވައިވެގެން އޮތީމޭ އެނދުމަތީ ކުރާނެ ކަމެއް ނޭނގިފާ 
ދާނޭ ކޮފީއެއް ނުލިބިފާ ގުޅާނޭ ބިޓެއްވެސް ނެތިފާ 
ގޭ ދޮރުމައްޗަށް ނުކުތަސް ތިބެނީ ހުސް ލައްލައްލައްލައް ލަލައްލާ 
މަސަލާމޭ މިކަމަށް 
ސައިކަލަށް އަރައިގެން ދާން އުޅުނީ ވާ ހިތްހަމަ ޖެއްސޭތޯ 
ބެލިއިރު ކަމުދާކަށް ނެތް ޕެޓްރޯލް ހުރީ ވަގަށް ގެންގޮއްސާ 
ހައްތަހާވެސް ވައިވާހާ ވަނީ ދެން ކިހިނެއްބާ މަހަދާނީ 
ރުޅިގަދަ ރުޅިގަދަ ނުވެވޭތޯ އަނެއްކާ ހަތަރެއްގާ ފައިޓްޖެއްސީ 

އެންމެ ފަހުން ގޮސް ހިތްހަމަ ޖެހުނީ 
ރުޅިގަނޑުވެސް މައިތިރި ދެން އެވީ 
ހެވި ދިލިފައި އެންމެން ތިއްބާ މުޅި ހިސާބުން ކަރަންޓް އެދިޔައީ 

ފަރި ހާމަވާ އުފާ ބެރުޖެހުން ބުން އަޑު އިވުން 
ހިތް ފުރޭ މިވާގޮތުން 
ފަރި ހާމަވާ އުފާ ލަވަކިޔުން އަޑުގަދަކުރުން 
ވިންދު އާވެ ލޭ ކެކުން 

މަޑުކުރެވޭ ވަގުތު ކުޑަތަން ވެވޭތޯ ބަލަމުންނޭ 
އަތް ޖެހުނޭ ގައިމު މުނިމުނި ކަވާތީ  ހެވި ދިލިފާ 

ނަށާލާ ހިތްހަމަޖައްސާލާފާ ނަށާލާ 
ނަށާލާ ފޫކޮޅު ތަޅުވާލާފާ ނަށާލާ 
ނަށާލާ ހިތްހަމަޖައްސާލާފާ ނަށާލާ 
ނަށާލާ ފޫކޮޅު ތަޅުވާލާފާ ނަށާލާ 
ނަށާލާ ހިތްހަމަޖައްސާލާފާ ނަށާލާ 
ނަށާލާ ފޫކޮޅު ތަޅުވާލާފާ ނަށާލާ 

ފަތިގަނޑު ހަމަޔަށް ހޫރިހޫރިފާ އަތްތިލަބަޑި ޖަހާ ×8 
ނަށާލާ 



މަހަލްދީބް

މާކަނޑުގެ މެދުތެރޭ ވާ ހަމަހިމޭންކަމޭ 
މާރިވެތި ރާއްޖެ މީ އޯހޯހޯ 
މާ ސާފު ފަޅުތަކާ ދޮންވެލި މި ތުނޑިތަކާ 
ވާ ދިވެހިރާއްޖެމީ އޯހޯހޯ 
ވާ ދިވެހި ރުއްތަކާ ކުރެދީގެ ހޭޅިއާ 
ވާ ރިވެރި މަސްތަކާ މުރަކައިގެ ދަނޑުތަކާ 
ވާހާ އުފާ މިތާ ނުނިމޭ ދުލުން ކިޔާ ދެވަނައެއް މިފަދަ ނުވާ 
މަހަލްދީބޭ މީ 

ވާހާ އުފާ މިތާ ނުނިމޭ ދުލުން ކިޔާ ދެވަނައެއް މިފަދަ ނުވާ 
މަހަލްދީބޭ މީ 
މާކަނޑުގެ މެދުތެރޭ ވާ ހަމަހިމޭންކަމޭ 
މާރިވެތި ރާއްޖެ މީ އޯހޯހޯ 
މާ ސާފު ފަޅުތަކާ ދޮންވެލި މި ތުނޑިތަކާ 
ވާ ދިވެހިރާއްޖެމީ އޯހޯހޯ 

ވީތީ އުފަން މިތާ ކުރަމޭ އުފާ ހިތާ 
ވާތީ އަމާންކަމާ ލޮބުވެތި އަހުން މިތާ 
ކުރަމޭ ދުއާ އަޅާ އަބަދަށް ވުމަށް މިތާ އުފުލާ އަޑުން ކިޔާ 
މަހަލްދީބޭ މީ 

ކުރަމޭ ދުއާ އަޅާ އަބަދަށް ވުމަށް މިތާ އުފުލާ އަޑުން ކިޔާ 
މަހަލްދީބޭ މީ 
މާކަނޑުގެ މެދުތެރޭ ވާ ހަމަހިމޭންކަމޭ 
މާރިވެތި ރާއްޖެ މީ އޯހޯހޯ 
މާ ސާފު ފަޅުތަކާ ދޮންވެލި މި ތުނޑިތަކާ 
ވާ ދިވެހިރާއްޖެމީ އޯހޯހޯ 

ފަރި ތަންތަނަކީ މިވާ

އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

ޅަ ޒުވާނުން ވާގިލާ ކުރަމާހޭ ހިޔާލާ ×2
ފިކުރާ ގަދަ ބާރުލައި އަޒުމާ އެކު ދުރު ބަލާ  ×2
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×2
އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

ބިމުގައިވާ ރުއްގަހާ، ކަނޑުގައިވާ މަސްމަހާ ×2
ތަނުގައިވާ ގޮތް ބަހާ ދިރުވާށޭ ބާރުލައި ×2 
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×2
އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

އަމުރަށް ތިބެ ބޯލަނބައި ކުރިމަތިލައި ވާޖިބާ ×2 
ލިބުމަށް އެދި ހަމަޖެހުން ފިތުނައިން ތިބެ ދުރުވެލާ ×2 
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×2
އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×3

އެކިއެކި ތަންތަން ދެކިބަލާ މިވަޔާ މިބިމާ ލިބިވާ ފިނިފިނި ހިޔާ
ފަރި ތަންތަނަކީ މިވާ ތަރިކައެކޭ މިލްކުވާ ×6

ފިނި ރޭގެ ފަތިހޭ

ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް
އޯ  ލޯބީގެ ހަދިޔާ އޮތީއޭ ފަހުން ލިބޭނޭ އަރާމް ނުވޭ މަހުރޫމް

ކިތައް ރޭ ވެލީމާ މެއަށް ފިނިވަނީ ކިޔާދޭނަމޭ ކީއްވެހޭ ދެރަވަނީ 
ކިތައް ރޭ ވެލީމާ މެއަށް ފިނިވަނީ ކިޔާދޭނަމޭ ކީއްވެހޭ ދެރަވަނީ 
ރޭގެ ގަޑިއޭ ދަނީ މޫނު އަލިކަން ވަނީ 
ވިންދު ހުރހާ ހިނދަކު ލޭ ހިލޭ ދޭނަމޭ 
ލިބޭނޭ އަރާމް ނުވޭ މަހުރޫމް
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް

އާ އާ އައައައާ 
އޭ މީ ނިހާއީ މި ހިތުގެ ޝުއޫރޭ 
ނޭނގޭތީ ލޯބީގާ ތީ ނަންވީމާ ދަނީ ބާއޭ 
ކީއްވެހޭ ލޯމަރާލީ އުފާވޭ ބުނޭ 
މީ ޖަވާބޭ ކަރުނަ ފޫދި ލޮލުގައި ވަނީ 
އަރާމާއި މީރު ވަނީ މަހުރޫމް 
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް

މިރޭ ދެން ދަމާހޭ ހަނދޭ އޮއްސެނީ 
ދިޔައިމާ ނިދޭނޭހެ ފޫއްސޭ ވަނީ 
މިރޭ ދެން ދަމާހޭ ހަނދޭ އޮއްސެނީ 
ދިޔައިމާ ނިދޭނޭހެ ފޫއްސޭ ވަނީ 
އަލިވިލތީ ބިރުން މޭއެ ރޫރޫލަނީ 
ހިތް އެދޭކަން އެނގޭތީ ދެން މިރޭ ދާންވަނީ 
ލިބޭނޭ އަރާމު ނުވޭ މަހުރޫމް 
ފިނި ރޭގެ ފަތިހޭ ހުރީހޭ ބަލަން އަރާމާއި މީރު ވަނީ މަހުރޫމް
ލިބޭނޭ އަރާމު ނުވޭ މަހުރޫމް 

ފުރުސަތު ދޭނަން ހުންނާށޭ

ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 
ކެތް ނުވެވޭހާ ވަރުވަނީ ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 

މޮޔަކަމެކޭ ނިއުމަތަކާ ވުން އިންކާރު 
ދެން ކިޔާދޭށޭ މޭގަ ހިނގާހާ ހިޔާލް 
މޮޔަކަމެކޭ ނިއުމަތަކާ ވުން އިންކާރު 
ދެން ކިޔާދޭށޭ މޭގަ ހިނގާހާ ހިޔާލް 
އިވިދާނެޔޭ، އިއްވާށެވީ، އެނގިދާނެއޭ، އަންގާށެވީ 
ތިޔަ ނޭނގި ސަމާސާ ވިހަވަނީ، ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 

ހާދަ މަ އެދެމޭ ބޭޒާރެއް ނުމެވާން 
ހުރެވޭތޯ ލޯބީގާ ނުވެ ބަދުނާމް 
ހާދަ މަ އެދެމޭ ބޭޒާރެއް ނުމެވާން 
ހުރެވޭތޯ ލޯބީގާ ނުވެ ބަދުނާމް 
އާދޭ ހެމުން، މެންދަން ވުމުން، ލޯބިން އަލުން، އަންގާ ފަހުން
ކީއްވީހެ ތިހާ ކެތް މަދުވަނީ 
ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 

ދުރުދުރުގާ އަދު ތިބެވޭހޭ ތިޔަހާ 
ކެތްކޮށްލާށޭ މަގޭ ތިއޭ ހަމަ ހާލް 
ދުރުދުރުގާ އަދު ތިބެވޭހޭ ތިޔަހާ 
ކެތްކޮށްލާށޭ މަގޭ ތިއޭ ހަމަ ހާލް 
އާދޭ މިތުރު، ދުނިޔޭގެ ބިރު، އަތުގައި ހިފާ، މަޑުކޮށްބަލާ 
އިންސާނުންނޭ ކެތްތެރިވަނީ 
ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 
ކެތް ނުވެވޭހާ ވަރުވަނީ ތިޔަ ރީތި ޒުވާންކަން ގެއްލެނީ 
ފުރުސަތު ދޭނަން ހުންނާށޭ ހުންނާށޭ އަދި ހުންނާށޭ 
ފޯދުނު އިރަކުން ބިންނާށޭ ގެންދާށޭ ހަމަ ގެންދާށޭ 

އޭރު ދިންހާ އުފާ

އޭރު ދިންހާ އުފާ ގެއްލި ދިޔައީ މިތާ 
ފޫހިވީތީހެ ލޯބިން މި އަންގާނުލާ 
ވާށެ އޮގާ ހިތާ 
އޭރު ދިންހާ އުފާ ގެއްލި ދިޔައީ މިތާ 
ފޫހިވީތީހެ ލޯބިން މި އަންގާނުލާ 
ވާށެ އޮގާ ހިތާ 

ރާގަކުން އަންގަދޭ ހިތުގެ ހާލޭ މިއީ 
ވޭނުގައި ރޭދުވާ ނޫންހެ ބޭކާރުވީ 
ރާގަކުން އަންގަދޭ ހިތުގެ ހާލޭ މިއީ 
ވޭނުގައި ރޭދުވާ ނޫންހެ ބޭކާރުވީ 
ވީމަ އޯގާ ހިތާ 

ފިރުމަދީފާ އެ އަނިޔާ ވެ ރަހުމޭ ނުވީ 
ދިރިހުރީތީ ހަނދާނުން އެ ނިންޖޭ ނައީ 
ފިރުމަދީފާ އެ އަނިޔާ ވެ ރަހުމޭ ނުވީ 
ދިރިހުރީތީ ހަނދާނުން އެ ނިންޖޭ ނައީ 
މީރުކަން އިޝްގުގާ ހޯދަދިން ލޯބިވާ 
ނައިމަތޯއޭ ތި މާޔޫސްވެ ބޭޒޢރުވީ 
ވީމަ އޯގާ ހިތާ 
އޭރު ދިންހާ އުފާ ގެއްލި ދިޔައީ މިތާ 
ފޫހިވީތީހެ ލޯބިން މި އަންގާނުލާ 
ވާށެ އޮގާ ހިތާ 

ނެތި ހިނގައިދާނެތޯ އޭރު ވީ ބޭވަފާ 
އޭގެ ވޭނާ ހިތާމައިންނެ ބޭކާރުވީ 
ނެތި ހިނގައިދާނެތޯ އޭރު ވީ ބޭވަފާ 
އޭގެ ވޭނާ ހިތާމައިންނެ ބޭކާރުވީ 
ރާހަތެއް ނެތް މި ލޯބީގެ ނިމުމޭ މިއީ 
ފުން ހަނދާނޭ މި ލޯބީގެ އޯގާ ނުވީ 
ވާށެ އޯގާ ހިތާ 
ރާގަކުން އަންގަދޭ ހިތުގެ ހާލޭ މިއީ 
ވޭނުގައި ރޭދުވާ ނޫންހެ ބޭކާރުވީ 
ވީމަ އޯގާ ހިތާ 
އޭރު ދިންހާ އުފާ ގެއްލި ދިޔައީ މިތާ 
ފޫހިވީތީހެ ލޯބިން މި އަންގާނުލާ 
ވާށެ އޮގާ ހިތާ 
ވީމަ އޯގާ ހިތާ 
ވާށެ އޮގާ ހިތާ 

ހާދަ ދޭހިތް ވެޔޭ ލޯބިން

ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން
ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން

ނިކަން ބެލީމޭ ތާކު ވޭތޯ، އަގެއްދީ ގަންނަން ތަރިތައް ވޭތޯ 
ނިކަން ބެލީމޭ ތާކު ވޭތޯ، އަގެއްދީ ގަންނަން ތަރިތައް ވޭތޯ 
ބެލީމޭ ހޯދާ ގެނެސްދެވޭތޯ ތަރިން ދެން ތިޔަ އުނގު ޒީނަތް ވޭތޯ 
މިހާ ހިތް އެދޭ އިރު މަށަށް ތަރި ލިބޭހޭ 
ތަރި ގެނެސް ނުދެވުނަސް ހަމަ ދެން ×2
ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން ×2

ލިބޭނެބާއޭ، ލިބޭނެބާއޭ، އެދޭހާ އެއްޗެއް މިތާ މިހެން އަދު . ހޯހޯހޯހޯހޯ 
ކިހާ ބޭނުންހޭ ގެނެސްދޭން ހަނދުވެސް 
ކިހާ ދޭހިތްވޭ ކާއިނާތާ، މިހެން ހުރެ މި ޖަޒުބާތުގާ ބެހޭއިރު 
ނެތޭ ދޭނެ އެއްޗެއް މިހިތް ނޫން އެހެން ދެން ×2 
ތަރި ގެނެސް ނުދެވުނަސް ހަމަ ދެން ×2 
ހާދަ ދޭހިތް ވެޔޭ ލޯބިން މިހިރަ ހުރިހާ އުފާ ދޭހުން ×2

ފަރިވެފަ ފޮނިވެފަ

ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 

ލޯ މިހިރަ ދެކޭ މަންޒަރު މަންޒަރު ފެނުނީމަ ހިތަށް ކެތް ވާނޭހޭ 
މާ ދުރުގަ ހުރީމާ ވީ ގޮތް ހޭ އަންނާތި އެކީ ފިކުރާވޭހޭ 
އަންނާތި އެކީ ފިކުރާވޭހޭ ... ހޯއޯއޯއޯއޯ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 

ނުގަބޫލު ވަނީހޭ ފެންނާތީ ވާލޯބި ދުލުން ބުނެ އިއްވޭތީ 
ފަންފަން ތި ބޮލާ ވައި ކުޅެލާތީ ދެރަވެއްޖެ ދެލޯ ފަރުދާވީތީ 
ދެރަވެއްޖެ ދެލޯ ފަރުދާވީތީ ... ހޯއޯއޯއޯއޯ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 

ރުންކުރުވެ ނުދޭ ދަޅަ ދައްކާފައި ލޯބީގެ ކަނޑަށް ގަންބާލާފައި 
އިންޒާރުތަކުން ހިތް ދަތިކޮށްފައި ދާތީ ދެރަވޭ އަނިޔާ ދީފައި 
ދާތީ ދެރަވޭ އަނިޔާ ދީފައި ... ހޯއޯއޯއޯއޯ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 
ނުރުހިފަ ހުރެ މި ދިމާ ތި ބަލާލީހޭ ވަރަށް އަތްލާހިތް ވޭ 
ފަރިވެފަ ފޮނިވެފަ ދާތި ގޮވާހިތް ވޭ އެކީގަ ހިނގާހިތް ވޭ 

ސަމާސާ ސަމާސާ

ހައޭ .... 
ސަމާސާ ސަމާސާތަކުން ހިތް އޮޔާލުން ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
ހިނގާލާ ހިނގާލުންތަކާ އޭގެ ޖާދޫ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 

އާއާއާ

އޯ މެރޭގޮތްވެ ނިދިފާ ވެޔޭ ދެލޯ މޭގެ ހިނގުމާ ހިތާ 
ހިމޭންކަމުގެ ފަރުދާ ތެރޭ ހުރީމާ ހިމޭނުން މިތާ ހުރީމާ ހިމޭނުން މިތާ 
ޒުވާން ލޭގެ ޒާތޭ ހިތުގެ މުއުޖިޒާތޭ އަލަތު ލޯބި ވީމާ ދެވޭ ރާސްތާ އޭ 
ސަމާސާ ސަމާސާތަކުން ހިތް އޮޔާލުން ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 

ހޯ މިހިތް ނޭނގި ދެވިފައި ވުމުން ހިތާ މޭގެ ވިންދާ އެކީ 
މިހިތުގައި އަބަދު ފިރުމާދެމުން އެދޭ ތީއެ އިންސާނަކީ، އެދޭ ތީއެ އިންސާނަކީ 
އަމޭ ކިޔާ ނަގާ ދެވުނު ލޮބުވެތި އަމާނާތް ގިތާ ލޯބި އިތުބާރު އެދެނީ ކުރާށޭ 
ހިނގާލާ ހިނގާލުންތަކާ އޭގެ ޖާދޫ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 

އޯ ނޭވާގެ ހޫނާ ލެއާ ޔާރާގެ އިހުސާސު ވީ 
މިހާ ކައިރި ވީމާ މެޔާ ހިނގަމުން ހިތުގެ ދާދާ، ހިނގަމުން ހިތުގެ ދާދާ 
ކިހާ ލޯބި ވީމާހެ ފިރުމަން މި ހިތުގައި ދިނީ ބާރު އަނިޔާ ނުދީ ގެންގުޅޭށޭ 
ސަމާސާ ސަމާސާތަކުން ހިތް އޮޔާލުން ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
ހިނގާލާ ހިނގާލުންތަކާ އޭގެ ޖާދޫ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 
ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
އޯ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 
ކަލާ ތިޔަ ހުނަރު ދަސްކުރީ ކޮންހެނެއްހޭ 
އޯ ޖެހޭތީ ދުށީ ލޯބި ހީލުންތަކުން ނޭ 

އަސްތާ ތިޔަމޫނޭ ހުވަފެނުން ދުށީ ރޭގާ

އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ 
ހެވިފަ އިނީތީ ގާތުގައި ނިކަން ލޯބިން 
ފެނުނޭ އޮމާން އަތުން ފިރުމާތި މޫނުގާ 
ތެދުވަން ކިޔާވަރުން ހޭލާ ހޯދޭ 
އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ 
ހެވިފަ އިނީތީ ގާތުގައި ނިކަން ލޯބިން 

ކައިރީގަ ހުރެދާނޭ ހީވެ ބެލީމޭ ހޯދާ ހެދީމޭ މާ ދަންވަރު ހޭލާ 
ކައިރީގަ ހުރެދާނޭ ހީވެ ބެލީމޭ ހޯދާ ހެދީމޭ މާ ދަންވަރު ހޭލާ 
ހުވަފެން ސީދާ ވެއްޖެ އަދު ގައިމޭ ތިޔަމޫނޭ ރޭ ނިދިފިލުވާލީ 
ހިތުގައި ވާ އުފަލޭ ތީ ބުނެލަން ހެއްޔޭ 
އިތުބާރާ އެކުގައި ހިތް ވަގުތުން ދެން ހޭ 
އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ 
ހެވިފަ އިނީތީ ގާތުގައި ނިކަން ލޯބިން 
ފެނުނޭ އޮމާން އަތުން ފިރުމާތި މޫނުގާ 
ތެދުވަން ކިޔާވަރުން ހޭލާ ހޯދޭ 
އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ 
ހެވިފަ އިނީތީ ގާތުގައި ނިކަން ލޯބިން 

ވާލޯބި އެނގުނީމާ ދެރަކޮށްލަން ހޭ ހީފާ މަލާމާތުން ބަސް ބުނެ އިއްވީ 
ވާލޯބި އެނގުނީމާ ދެރަކޮށްލަން ހޭ ހީފާ މަލާމާތުން ބަސް ބުނެ އިއްވީ 
ނަފުރަތު ވީހޭ ނިކަމެތި ކޮށްފާ އެކަމަކު ގައިމޭ އަޖުމަ ބަލާނަން 
ނުކުރާނަން ހިތުގައި ވާ އެދުމެއް ބާކީ ނުގަބޫލަސް ބުނެލަންހޭ އުއްމީދޭ ތީ 
އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ 
ހެވިފަ އިނީތީ ގާތުގައި ނިކަން ލޯބިން 
ފެނުނޭ އޮމާން އަތުން ފިރުމާތި މޫނުގާ 
ތެދުވަން ކިޔާވަރުން ހޭލާ ހޯދޭ 
އަސްތާ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ 
ހެވިފަ އިނީތީ ގާތުގައި ނިކަން ލޯބިން 

ދެފުރާނަ

ދެފުރާނަ އެކުވެފާވާ، ވަކިވާނެހޭ ހިލާ 
އުޑުގައި ދެނަން އެކީގައި އެ ލިޔަމުން ދަނީ ވިލާ
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ 
އުދަރެސް މަތީން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ 
ދެފުރާނަ އެކުވެފާވާ 

ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ 
ހިއްސުތައް ހޭލަނީ ފުން އަސަރުގައި ހިތާ 
ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ 
ހިއްސުތައް ހޭލަނީ ފުން އަސަރުގައި ހިތާ 
ނޭވާ ލެވޭނޭ، ވައިރޯޅި ވާނޭ، އެއަޑު ނާހަބަލާ 
ދެފުރާނަ އެކުވެފާވާ، ވަކިވާނެހޭ ހިލާ 
އުޑުގައި ދެނަން އެކީގައި އެ ލިޔަމުން ދަނީ ވިލާ
ދެފުރާނަ އެކުވެފާވާ 

ވަގުތުތައް ލޯބިލޯބިން ނޭނގެއޭ ހޭދަވާ 
ލޯ އެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ 
ވަގުތުތައް ލޯބިލޯބިން ނޭނގެއޭ ހޭދަވާ 
ލޯ އެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ 
ތާޒާ މިހާރު ވީމާ، އަމުދުން ބަހަރު އައިމާ، 
ތާޒާ މިހާރު ވީމާ، އަމުދުން ބަހަރު އައިމާ، ލޯބިން ފޮޅޭށެ މަލާ
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ 
އުދަރެސް މަތީން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ 
ދެފުރާނަ އެކުވެފާވާ 

ލޯމެރީމާ، ކަލާ މޫނު ފެންނަން ހުރޭ 
ހިތް އެދޭ ހިޔަލުދީ ފޫހިފިލުންވަން ހުރޭ 
ލޯމެރީމާ، ކަލާ މޫނު ފެންނަން ހުރޭ 
ހިތް އެދޭ ހިޔަލުދީ ފޫހިފިލުންވަން ހުރޭ 
އެކުގައި ނިދާނީ ލޯމަރަނީ އެކުގައި ނިދާނީ ލޯމަރަނީ އޭރުން ފިލާނެ ގިލަން
ތަރިތައް ވިދާ އުޑުން އަލިކަން ނުދޭ ފިލާ 
އުދަރެސް މަތީން ބަލާށޭ އެ ސިފަކޮށްދެނީ ކަލާ 
ދެފުރާނަ އެކުވެފާވާ، ވަކިވާނެހޭ ހިލާ 
އުޑުގައި ދެނަން އެކީގައި އެ ލިޔަމުން ދަނީ ވިލާ
އެ ސިފަކޮށްދެނީ ކަލާ، އެ ލިޔަމުން ދަނީ ވިލާ.


ދިވެހިންނަށް ރަނގަޅީ


ޅެން: ހުސައިން ސަލާހުއްދީން 

ހުސްރަވާދީގެ ޝަރޫދޭ އެހުމަށް އެންމެ މޮޅީ 
ހުސްނުބާނޫގެ ބަގީޗާ ދުށުމޭ ދެން ރަނގަޅީ 
ރުސްތުމަށް ލިބުނު ގުރުޒު ޒާލުޒަރުގެ ވާރުތައިން 
މުސްލިމުން ބަލިކުޅަ މިކުދިންނަށް ލިބުމޭ ރަނގަޅީ 

އުމަރު އައްޔާރުގެ ސުންބުލި މިއަދަށް އޮތްނަމައީ 
ދުމަހަ ކޮށްގެން ނެރެގެން ގެންގުޅުމޭ އަދި ރަނގަޅީ 

ޖޫދަރުގެ ކޮތަޅު ކަލޭނޭ ނެރެގެން ވީތަނަކުން 
ފޫހިނެތި ކައިއުޅުމަށް ވާނަމަ އަދިވެސް ރަނގަޅީ 

ކަނޑުވެ ޝަރުބަތު ކަމުގައި ވެލިވެ މުޅިން ހަކުރު ކަމަށް 
މަޑުވެ ފާރޮށި ކަމުގައިި ފަރުބަދަ އަދިވެސް ރަނގަޅީ 

މާމުޔާ ގޮތެޔޮ އުޑުން ވެހިވެހި ވާރޭ ކަމުގައި 
ކާނެވަރަކަށް ކެއުމަށް އަދިވެސް ވާނަަމަ ރަނގަޅީ 

ކަންނެތެއް ކަމަކު އަޖައިބެއްފަދަ ކަންނެތް ކަމުގައި 
ވަންހަ ނިމިދާއިރުވެސް ސޮހޮލުވެ ތިބުމޭ ރަނގަޅީ 

ވަހުމުތައް ގިނަވެ މަސައްކަތް ނުމެކޮށް ޣަފްލަތުގައި 
ރަހުމަތަށް އެދިއެދި ތިބުމޭ ދިވެހިންނަށް ރަނގަޅީ 

ޗާބޫކުން ތެޅީމާ


ސަންޕާފުޅު ފިރިމަނިކު އަބަދުވާ ގަންނާ ކުރައްވާ ލަދުން ހާސްވެފާ
ކަންވާ ހުރީ ކޭތައަށް ފައިނަގާ އަންބާ ނުހިއްޕޭތި ލޮނު މަޑުވެލާ
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

ގޭގައި އުޅޭހާ ބުރެއް ލާ އަޅާ ބޭރުން އައޭ ދެކަނބަލުން ފަހަތުލައި
މޭގައި މުހައްމަދު މަނިކު އަތްއަޅާ ބޭރަށް އުދުއްސާލި ދުން ގުޑުގުޑާ
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

ކާކަށްތަ އެނގޭނީ ކުރަން ހިތުލަފާ ހާލަށް އެނގޭ ހިތުތެރޭ ގިނި އަނދާ 
ދާނޭތަނެއް ނެތްކަމުން ސާހިބާ ބާރަށް ދެކުކުޅަށް ކަމަށް ބުނެލިހާ
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

އަވަހަށް އެ ޗާބޫކު ނެރެގެން ދަމާ ގަދައަށް ތަޅާލީމާ ހަންމަތަވެދާ 
އަހަރެން ހަދާހެން މަގޭ ސާހިބާ އެހެނެއް ނުވާނޭ ހަދާނަމަ ހިލާ 
ދެނަކާދެނެއް ނެތް މަނިކު ޖޯރުލާ ހަޔަކާ ހަތަރަކަށް ބުރުއްސާ ތަޅާ 
އަޑު ލައްވަމުން ކުސްތަޅާ ރޮއި ހަދާ މަޑުވެއްޖެ ގޮމަ ޒީލާގަނޑު ބަސްއަހާ 
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

ސަންޕާފުޅު ފިރިމަނިކު މިއަދުވާ ގަންނާ ކުރައްވާ ލަދަށް ވަޅި ހަރާ
ކަންވާ ހުރީ ކޭތަ ނިމިގޮސް ފިލާ އަންބާގެ ފޯރީގަ ލޮނު ހެޔޮވެލާ 
ބަސްދާތަކާ ނަގުދު ފައިސާ ރަނާ ރުއްސާލުމަށް ކުރި މަސައްކަތް ތަކާ
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ފަސްލާށެ ޖެހުނީ އެކީ ލާއުކާ
ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދޯ

އިންސާނާ


ފެނި ނަސަބު އެނގި ބޮޑާ ކަމުގައި 
ވެރިވެ އަނިޔާ ރަހުމު ކުޑަކޮށަ
ފެތި ގަރަގު ކޮށްފަ އޯގާ ހިތް
ނެތި ހިނގައިދާނެ އިންސާނާ، އިންސާނާ 

ލޭފަވެތިކަން ނެތީތާ 
ހޭތަ މިތުރާ ތިބާގައި 
ހޭދަ ކޮށްފާހެ އަނިޔާގައި 
ވޭތުކުރަނީ ފަނާވާންހޭ 
އިންސާނާ، އިންސާނާ، އިންސާނާ 

އަހުރަވެތިކަން އޮބާލީހޭ 
ތައައްސުބު ހިތުގައި ކިބުރު ވީތީ 
އަބަދު މުސްރިފު ބަޚީލުންހެން 
ބަލަގަ ތިޔަހެން ނުވާނޭ ދާން 
އިންސާނާ، އިންސާނާ 

މަރާ ހުރި ދޯޅު ހަނދާން ނެތުނީހޭ
ކަރާމާތް ގެއްލި އޮޔާލީހޭ 
އަޒާބާ އަދަބާ ވީ ދިނުމަށް ހޭ 
ބަލާގާތްތެރިކަން ނުގެއްލޭށޭ 
އިންސާނާ، އިންސާނާ، އިންސާނާ 


ނުރޯށެ ކަލޭ

ދިއްލާލި ހަނދު ލޯބި ހިތާމައިން ދިއްލާލި ހަނދު
ދިއްލާލި ހަނދު ލޯބި ހިތާމަކުރަން އޭނީ މަސަނދުގައިވެ ރޯން
ހިތާމަކުރަން އޭނީ މަސަންދުގައިވެ ރޯން
ނުރޯށެ ކަލޭ ވޭނީ ހިތާމައިން ނުރޯށެ ކަލޭ
ނުރޯށެ ކަލޭ ވޭނީ ހިތާމަކުރަން ތިޔަހެން މަސަނދުގައިވެ ދާން
ހިޔާލުކުރަން ތިޔަހެން މަސަނދުގައިވެ ދާން

ދާންވީހޭ ދުނިޔެއަޅާ ނިމިގެން ޕިޔާރާ
ލޯބި މި ފަހަނައަޅާ އެކުވެ ސަވާރާ
އުދުހި ޕަރުވާނާ ފަދައިން ވެވިގެން އާވާރާ
ތަރިތައް ގަހުރަމާން ނުކުރާ މެހެރުބާން
އަނދިރީގައި އާސްމާން ދާހެން ތަހުތީރަވާން
ނުރޯށެކަލޭ ވެނީހިތާމައިނ ނުރޯށެ ކަލޭ
ނުރޯށެ ކަލޭ ވޭނީ ހިތާމަކުރަން ތިޔަހެން މަސަނދުގައިވެ ދާން
ހިޔާލުކުރަން ތިޔަހެން މަސަނދުގައިވެ ދާން

ވާތީއޭ ލޯބި ނަޒަރު އުފަލުން ބަލައިލީ
އޭރު ހިތާމައިން ދެލޯ ކަރުނުން ފުރާލީ، ކަރުނުން ފުރާލީ، ދޭތީއޭ އަނިޔާ
ލޯބި ގިސްމަތު ހިޔާލީ ލޯބި ގިސްމަތު ހިޔާލީ ދޭތީޔޭ އަނިޔާ
އޯ އޯ އޯ
ބުރުގާ އެޅުވިމޫނު އަލިކަން ފަނޑުވި ތޫނު
އުފެދޭ ވޭނުން މި ހޫނު ފަދައިން ލައިލާ މަޖުނޫނު
ނުރޯށެކަލޭ ވެނީހިތާމައިނ ނުރޯށެ ކަލޭ
ނުރޯށެ ކަލޭ ވޭނީ ހިތާމަކުރަން ތިޔަހެން މަސަނދުގައިވެ ދާން
ހިޔާލުކުރަން ތިޔަހެން މަސަނދުގައިވެ ދާން

އޭރުން ހިތާމަ ހިތުން ފިލުވާ ލެވޭހޭ
ހާލުމިހެންނެ ކިޔައި ބުނެލަދެވޭހޭ
ދާނީ މަރުވާށޭ ކިޔައި ރުއީމާ ނިމޭހޭ
ހިތުގައި ވާ އެ ފާރު ނުވެވޭހައި ސުމާރު
މިލިބޭ ގޮތަކުން ބަހާރު ނުވޭ ދިރުމެއް މިހާރު
ނުރޯށެކަލޭ ވެނީހިތާމައިނ ނުރޯށެ ކަލޭ
ނުރޯށެ ކަލޭ ވޭނީ ހިތާމަކުރަން ތިޔަހެން މަސަނދުގައިވެ ދާން
ހިޔާލުކުރަން ތިޔަހެން މަސަނދުގައިވެ ދާން

ހާލަތު އަދު މިވަނީ

ހާލަތު އަދު މިވަނީ ބަދަލޭ ވެވިފައި ދުނިޔޭން
ގުޅުމުން ހިތާ ތިޔަހިތް މަގޭ ލޯބިން އާލާވީ

ތަރިތައް އެ ހަނާ އަޅަނީ އިރުހަނދުގެ ރުހުން ލިބެނީ
މުޅި ކައުނު އުފާ ކުރަނީ
ލޯބިން އާލާވީ

ހާލަތު އަދުމިވަނީ....

 މޮހިދާނެ ތަނެއް ނުމެދީ ޖެހި ބާރު ގޮށޭ މިއޮތީ
މެހިގެން ދެ ފުރާނަ އައީ
ލޯބިން އާލާވީ

ހާލަތު އަދުމިވަނީ ....

ފަރިކަން ދެކެލާ ޝާހި އަރިހުން މި ފިލާނި ހީ
މަރިޔާދު މި ފުރިހަމަ ވީ
ލޯބިން އާލާވީ

ހާލަތު އަދުމިވަނީ ....

ލޫޅާފަތި މޫނެކޭ

ލޫޅާފަތި މޫނޭތީ މަހުރޫމު ވެދާވަރުވޭ
އޯގާވީ ގުރުބާނީ މަހުރޫމުވެ ނެތި ދިޔަތޯ

ފަރިނާޒުކު ތުންފަތުގާ ނޭދޭނުހެ އަދު ބީހުން
ހޯހޯ ނޫނޭ ނޫނޭ ނޭދޭށެ އުފާ ތިޔަހެން
ފެނިފައި ހިތުލީމެ ކަލާ މިކަމާމެދު ނުރުހޭނަންތޯ
އާޝޯހުވެ ދާވަރުވޭ މަހުރޫމުވެ ނެތިދިއުމޭ

ކުރިމަތިވި ހަޔާތޭ މީ މީ ނޭނގި ހިނގާ ގުޅުމޭ
ހެކިވާނޭ މީ ތެދެކޭ މޭގައިވާ ފުން ގުޅުމޭ
ފުން ހިތުގެ ގުޅާލުމަކީ ވަގުތީ ފޮނި ރާހަތުތޯ
ދެއްވާ ގަދަރުން ތިޔަ މާތް މަހުރޫމުވެ ނެތި ދިޔަތޯ

ލޫޅާފަތި މޫނޭތީ މަހުރޫމު ވެދާވަރުވޭ
އޯގާވީ ގުރުބާނީ މަހުރޫމުވެ ނެތި ދިޔަތޯ

ދުނިޔެ ފަރިވާ އުފާދޭ ޚަޒާނާ މިލްކު ވާނޭ ހަވީރީ ހިޔާ

ދުނިޔެ ފަރިވާ އުފާދޭ ޚަޒާނާ މިލްކު ވާނޭ ހަވީރީ ހިޔާ
ލޯބީ ޖާދޫ ހިތަށް އަބަދު ފޮނުވާ ސަބަބު ހޯދަން ދަމާހޭ ނަޔާ

ހިތުގައި ބަރޯސާ ތާއަބަދު އެއްވަރު ދީފާވަނީ މީ އަހާށޭ
ހޯދާށެ ޔާރޭ ހީލާ މި ވައުދޭ އޭގައި ވަނީ މުޅި ހަޔާތޭ
މޯޅިވުން ނެތް ބަހާރޭ އޮތީ ދެން މޫސުމުން މީ ވެލާނޭ ގަޔާ
ލޯބީ ޖާދޫ ހިތަށް އަބަދު ފޮނުވާ ސަބަބު ހޯދަން ދަމާހޭ ނަޔާ

ފިކުރާކުރާނޭ ލޯބީގެ މަންޒަރު އުލްފަތުގެ ނަމުގައި ޚަޒާނާ
ފަށަމާހެ ޗާލޫ ރޮނގަކުން ހަޔާތެއް އުއްމީދު ގުޅުވާ ޒަމާނާ
އަޒުމު ނުގުޑާނެ ކަނޑައެޅި ނިމޭނީ މީ ދެހިތުގައި އެދޭ ސޫރަޔާ
ލޯބީ ޖާދޫ ހިތަށް އަބަދު ފޮނުވާ ސަބަބު ހޯދަން ދަމާހޭ ނަޔާ

ކަޅުސޮރު

ކަޅުފޮއި ރޭރޭ ތުނޑީމަތި ފެނިފާ ހަނދުވަރު ދެކިލާ ހިތްވެފާ
މަގުކޮޅު ހޯދާ ދެކޮޅަށް ބަލަމުން ހަރުކޮށް ހެލިފައި އޮވެދަނީ

ދަނޑުމަތި ގޮމަޔާ ހަމަހަމަ ކުރުމަށް ކަޅުސޮރު އޮވެގެން ފަރިވަނީ
އުޑުމަތި ނުބަލާ ނަމަ ނަމަ ތަކުރާ ދަނޑު ދަމުހިނގުމަށް ނުދަމާ ބަހީ

އިރުއޮއްސޭ ދަޅައަށް ބަލަމުންތާ ދިގުމަގު މެދުގައި ދަތިވެފާ
ހިތުތެރެ ރާވާ ދެއަތަށް ކިރެމުން ނިތުގަ ހިފާ ފުރަގަސް ބެލީ

މިގޮތަށް ހުއްޓާ އެއްކަލަ ގޮލަޔަށް ފިޔޮކެއް ބުނި އަޑު އިވިލަނީ
ބަލަ ދޮންތަކުރާ ކަމަކުނުދާނޭ ހަމަ ތިގޮތަށް ހުއްޓަސް މިރޭ

ދަނޑުމަތި ގޮމަޔާ ހަމަހަމަ ކުރުމަށް ...

ހޭބޯނާރާ ކަމަކުތެރަށް ބޯ ވޭތޯބެލިޔަސް ހަމަ ހިލާ
ވިދުވަރު ފެނިފައި ދަޅަޔަށް ހެއްލޭ ހިނދުކޮޅު ދިއުމުން ފޫހިވޭ

ދަނޑުމަތި ގޮމަޔާ ހަމަހަމަ ކުރުމަށް ...

Technorati Tags: ,

އެންވަގުވީ

އޮޑި ހައްޔަރު ކޮށް މަ ބެލީ އޮއިވަރު އެންދާ ޖެހުމަށް ބަލަ އެންކެޔޮޅާ
މުގުރާން ތިލަވޭ އޮއްބާ ދަނޑިތައް ކޮޅުފަސް ބަލާ
އެންގަނޑު ދުވެލީ މަޑުމަޑު ގޮތަކަށް ފީނަން ފެށީ ވަގުވާ ގޮތަކަށް
ފަޅުވެރިކުދިން ފިލިމަސް ހާކާ އިސްމެއް ކިޔާ
ކުރުނބާ މަތުރާ ހަރުކޮށް ކިޔަވަން ފެށީ ދިރުނބާ މަތިން ކަޅިއެއް އެއްލާ ބެލީ

ހަސަނާ އުޅެމާ ރަތުރުކު ކުރުނބާ އަތުޖައްސަމާ އުޑުމަތި ބަލަމާ
ފީނާ އަރާ ވަލުތެރެ ހޯދާ ވަގުރުކު އެޅީ
ފަންތަކު މަތިން ކިހަލެއް ބާނަން އޮއްވާ ހަސަނަށް ބުނެލީ ގާތުން
ނަމަ ދަރިޔާ ފިޔަވަޅު ނާޅާ ދަމަމުން ކުރުނބާ
ހައްވާފުޅު ގޮސް ގޭމެދު އޮޅިޔަށް ދެމިފާ ބުނީ ކަފުނެއް ހޯދާ
ބޮކަރާ ކެލަޔާ ހުދުކާފޫރާ އަތްމަތިކުރޭ
ކުރުނބާ މަތުރާ ހަރުކޮށް ކިޔަވަން ފެށީ ދިރުނބާ މަތިން ކަޅިއެއް އެއްލާ ބެލީ

ފެދުނުއު އެ ކޯޅި އެމާ އެދުމުގަ ބިނދެވޭނެބާ

ފެދުނުއު އެ ކޯޅި އެމާ އެދުމުގަ ބިނދެވޭނެބާ
މެދު އެއާ އެދިހުރި މާ ތެދުވެރި ބިނދެވޭނެބާ

ވަސްދުވާ މަގުމަގުގައި ކަސްގޮމަތޫރީގެ މިވާ
ގަސްދުކޮށްގެން ހުރިމާ ލަސްނުވެ ބިނދެވޭނެބާ

ރޯޅީ ފިނި ޗާއެ ބަގީ މޯޅި ނުވެ ގަހުން ފަރިވީ
ގޯޅި ތެރެއިން ފުޅުމާ ކޯޅި އެ ބިނދެވޭނެބާ

ފެންފިނިވަހާ އެކުގައި ސެންޓް ލިވޯނާހުގެ ވަސް
އެންމެ ބޭނުންފުޅުމާ ދެން މަށަށް ބިނދެވޭނެބާ

ކަރުގަނޑުގެ ރަހަމަލުގައި ސަރުބަތު ވެދެޔޭ ނުތަފާ
ޒަރުޖުޖުބަ ކުލަހުރި މާ ޖަރުމަނު ބިނދެވޭނެބާ

ކަށަވަރޭ އަންނާނަމޭ އަހަރެން އެނބުރި އަންނާނަމޭ

ކަށަވަރޭ އަންނާނަމޭ އަހަރެން އެނބުރި އަންނާނަމޭ
މަގަތުގައި އިންނާނަމޭ އޮންނާނަމޭ އަންނާނަމޭ

ދިހި މޮހާ ފަތުރާ ރިޔާ ހަނދުވަރުނަ ދޯދިން ތެމިލުމަށް
ރިހި ހަނދާ ކެތި ކައިރިވާ ހިނދު ވަގުތު އަދި އަތުލާނަމޭ
މަގުފުޅާ ކަމުގައި ހިތާ ހުއްޓާ އިރު އޮއްސުނީ
ގާތަކާ ކަށިބޯތަކުން ފުރިފައި ވަށައިގެން ވާ ފަރޭ
އެއްގޮތެއް ވެސް ހަމަ ނެތީ ދަތުރަށް ނުގޮސް ހަމަ ވާން ނެތީ
ދެއްކި ވާހަކަތައް އަނާ ނުފިލާ ހިތުން ހުންނާނުހޭ

ތަރި ގުނާ އުދި ދުއްލިސާ ގިނިހިލަ ހަވާ އަރުވާ ބަލާ
އިރުއަރާ އޮއްސޭތަނުން އަހަރެންގެ ނަން އިއްވާނުހޭ
މަންމަ ކޯމަސް ލޭފަ ހަންހާރައިން ބަލާ ގޮތުގައި ދަރީން
ދަންވަރާ ހެނދުނާ ހަވީރާ ސިންދިތާ ހިތުލާނަމޭ
މޫދު މާގަސްގަހު ތެރޭ ފީނާ ނަށާ މަސް ދެކިލުމަށް
ދޫނީ ވާ ބީއްސާވެލީ ދިޔަރެސްތަކަށް ގެންދާނަމޭ

މަލެއް ފަރިވެ އެއިނީ ފޮޅެން ނުކެރިފާހޭ

މަލެއް ފަރިވެ އެއިނީ ފޮޅެން ނުކެރިފާހޭ
އަލުން އާ ބަހާރެއްގެ އުއްމީދުގައި ހޭ

އެކަރުގަނޑު ތެރޭގައި އެ ޝާމިލުވި ޝަބްނަމް
އޮހޮރި ހުސްވެދާނޭތި ބިރު ހީވެފާހޭ

ފިލާގޮސް އެހުރި ރީތި ކުލަޔާއި ވަހާވެސް
މިލާ މޯޅިވާނޭ ކަމުގެ ފިކުރުގައި ހޭ

ކޮކާލާ ބަޅިދު ބުލްބުލަށްވެސް ފިލައިގެން
ނިކަން ރީތިކޮށް އިނދެވިދާނޭ ކަމަށްހޭ

ދޭކޭ ދޫނިތައް ދެކި ނިކަން ފޫހި ވެވިފައި
ވަކިން ވަކި ކޮކާލެއް އައުން އެދެވިފައިހޭ

ތުނބުން ދީ ހަމަލަ ފިޔަތަކަކަށް ރީތި މައިނާ
ތަނޑިން ލުހި ހިނގައިދާނެތީ ސިހުމުގައިހޭ

ވަމުން މަސްތު ތިޔަ މަލުގެ ވިސްކީ އަބީރުން
ހެމުން ވެއްޓިދާނޭ އުނގެއް ނުފެނިފައި ހޭ

މިއީހޭ ހަގީގަތް މިއީ އަސްލު ނޫންހޭ
މިއީ މަލުގެ ގަސްތާ ގުޅޭ ތަރުޖަމާހޭ

މަލެއް ފަރިވެ އެއިނީ ފޮޅެން ނުކެރިފާހޭ
އަލުން އާ ބަހާރެއްގެ އުއްމީދުގައި ހޭ